ހިތަދޫ ޕޯޓަށް ތާރީހީ ދުވަހެއް، ބޯޓަކަށް ބަންކަރިން ހިދުމަތް ދީފި

ހިތަދޫ ޕޯޓަށް 19 އަހަރުވެފައިވާއިރު މީގެ ކުރިން އެ ޕޯޓުވެފައި ވަނީ ދިރުމެއް ނެތް ތަނެއްގެ ގޮތުގަ އެވެ.

ހިތަދޫ ޕޯޓަށް ބަނދަރުކުރި އިންޑިއާ ބޯޓަށް ފެނުގެ ހިދުމަތް ދެނީ

އައްޑު އަތޮޅު ހިތަދޫ ޕޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޭރުގެ ބޯޓަކަށް ބަންކަރިން ހިދުމަތް ދީފި އެވެ. 

ރާއްޖޭގެ އެމްޕީއެލް ނަގާފައި އެންމެ ބޮޑު އެއް ޕޯޓް ކަމަށްވާ ސ. ހިތަދޫ ޕޯޓުގެ 19 އަހަރުގެ މި ކާމިޔާބީ ހޯދިކަން ހާމަ ކުރެއްވުމުގެ ގޮތުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ދޭން ފެށި ބަންކަރިންގެ ހިދުމަތް ދަނީ، އިންޝާ الله، ފުޅާވެ ކުރިއަރަމުންނެވެ. އަދި މިއަދު ވަނީ ރާއްޖެއިން ބޭރުގެ ކާގޯ ބޯޓަކަށް ބަންކަރިން ހިދުމަތް ދެވިފަ އެވެ. 

"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށްޓެވުމާއެކު، ރާއްޖޭގެ މެރިޓައިމް ދާއިރާ އިތުރަށް ފުޅާކުރެވިފައި. އެއިގެ ތެރެއިން ރާއްޖޭގެ ރީޖިނަލް ޕޯޓު ތައް އިތުރަށް ތަރައްގީކޮށް ދެވޭ ޚިދުމަތް ތައް ވެސް ފުޅާ ކުރެއްވުމުގެ މަސައްކަތް ތައް ވަނީ ފަށްޓާފަ،" ވަޖީހު ވިދާޅުވި އެވެ.

އެމްޕީއެލް އިން ހިތަދޫ ޕޯޓުން ފެނުގެ ހިދުމަތް ދީފައިވަނީ އެމްވީ ނިއުމަތް ބޯޓަށެވެ. މި ބޯޓަކީ ރާއްޖެއަށް މުދާ ގެންނަ އިންޑިއާގެ ބޯޓެކެވެ. 

އެމްޕީއެލްގެ ސީއީއޯ ވިދާޅުވި އެގޮތުން މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭ ހިތަދޫ ޕޯޓުން ވަނީ މުހިންމު ދެ ހިދުމަތެއް ދޭން ފެށިފައިވާ ކަމަށެވެ. އެއީ ބަންކަރިން ހިދުމަތް ދިނުމުގެ އިތުރުން ދާއިމީ ގޮތެއްގައި އިންޑިޔާ އިން ކާގޯ ބޯޓު ހިތަދޫ ޕޯޓަށް އާދެވޭނެ އިންތިޒާމް ހަމަ ޖެއްސުމެވެ.

ރާއްޖޭގެ ރީޖަނަލް ޕޯޓުތައް ކަމަށްވާ ހިތަދޫ ޕޯޓާއި، ކުޅުދުއްފުށީ ޕޯޓުގެ އުމުރުން މިވީ 19 އަހަރު ދުވަހުގެ ތެރޭ، ޕޯޓު ތަރައްގީ އަށްޓަކައި ވޭތުވެ ދިޔަ ދުވަސްތަކުގައި މަސައްކަތެއް ކުރެވިފައި ނެތް ނަމަވެސް، މިސަރުކާރުން ރީޖެނަލް ޕޯޓު ތައް ތަރައްގީ ކޮށް އަތޮޅު ތަކުގެ ރައްޔިތުންނަށް އެކަމުގެ ހެޔޮ މަންފަޢަ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން ގެންދާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.