ބިއުޓީ ސެލޫން ހުއްޓުވާ ސުޒޫ ވެސް ރާއްޖޭން ފޮނުވާލައިފި

ސުޝްމިތާ ދައުގޮދާއާ ދިވެހީންގެ ތެރޭގައި މަޝްހޫރީ ސުޒޫގެ ނަމުންނެވެ. އޭނާ އަކީ ވެސް ބިއުޓީސެލޫންތަކަށް ދާ ދިވެހީންގެ މެދުގައި މަގުބޫލު މީހެކެވެ.

ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން އައި ފަރާތެއް ކަމުގައިވާ ސުޝްމިތާ ދައުގޮދާ

ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއް ގައި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން އައި އިތުރު ބިދޭސީއަކު ރާއްޖެ އިން ފޮނުވާލައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން އައި ފަރާތެއް ކަމުގައިވާ ސުޝްމިތާ ދައުގޮދާއާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން ހާއްސަ އިންސްޕެކްޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އިންސްޕެކްޝަން ހިންގީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

މީނީ އަކީ އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ -- ވިސާގެ ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އައި މީހެއް ކަމަށް ވެސް ބުންޏެވެ. އެހެން ކަމުން އޭނާ، އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް މި މަހުގެ 20 ވަނަ ދުވަހު ފުރުވާލާފައިވާ ކަމަށް ބުންޏެވެ.

ސުޝްމިތާ ދައުގޮދާއާ ދިވެހީންގެ ތެރޭގައި މަޝްހޫރީ ސުޒޫގެ ނަމުންނެވެ. އޭނާ އަކީ ވެސް ބިއުޓީސެލޫންތަކަށް ދާ ދިވެހީންގެ މެދުގައި މަގުބޫލު މީހެކެވެ.

އިމިގްރޭޝަނުން މިހާރު ވަނީ ނޭޕާލްގެ އަންހެނެއް ކަމަށްވާ ރަޖަނީ ޝްރެސްތާ، މާލޭ ގައި ހިންގަމުންދިޔަ ބިއުޓީ ސެލޭން ހުއްޓުވާ އޭނާއާ މުވައްޒިފުން ޑީޕޯޓް ކޮށްލާފަ އެވެ.

ރަޖަނީ ޝްރެސްތާ، އަކީ ދިވެހީންގެ މެދުގައި މަގުބޫލު މީހެކެވެ. ދިވެހީން އޭނާ ދަންނަނީ ރިޒްގެ ނަމުންނެވެ. އޭނާ އަކީ ސޯޝަަލް މީޑިއާގެ -- ޓިކްޓޮކް ގައި މަޝްހޫރު މީހެކެވެ. ދިވެހި ބަހުން ފަރިތަ ކޮށް ވާހަކަ ދައްކާ ދިވެހީންގެ ގިނަ ބަޔަކާ ގުޅުން އޮންނަ މީހެކެވެ.

އޭނާ އަކީ މާލޭގައި ބިއުޓީ ސެލޫންއެއް ހިންގާ މީހެކެވެ. ވަރަށް ގިނަ ދިވެހީން -- އޭގެ ތެރޭގައި މަޝްހޫރު އެތައް ބަޔަކު ހިމެނޭހެން އޭނާގެ ފަރާތުން ހިދުމަތް ހޯދަ އެވެ. ސޯޝަލް މީޑިއާގައި އޭނާ ދިޔައީ ސެލޫން އިޝްތިހާރު ވެސް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.