ރިޒްގެ ބިއުޓީ ސެލޭން ހުއްޓުވާ އޭނާއާ މުވައްޒިފުން ޑީޕޯޓް ކޮށްލައިފި

އޭނާ އަކީ ސޯޝަަލް މީޑިއާގެ -- ޓިކްޓޮކް ގައި މަޝްހޫރު މީހެކެވެ. ދިވެހި ބަހުން ފަރިތަ ކޮށް ވާހަކަ ދައްކާ ދިވެހީންގެ ގިނަ ބަޔަކާ ގުޅުން އޮންނަ މީހެކެވެ.

ރާއްޖޭގައި ބިއުޓީ ސެލޫން ހިންގި ރިޒް: އޭނާ ވަނީ ޑީޕޯޓް ކޮށްލާފައި

ނޭޕާލްގެ އަންހެނެއް ކަމަށްވާ ރަޖަނީ ޝްރެސްތާ، މާލޭ ގައި ހިންގަމުންދިޔަ ބިއުޓީ ސެލޭން ހުއްޓުވާ އޭނާއާ މުވައްޒިފުން ޑީޕޯޓް ކޮށްލައިފި އެވެ.

ރަޖަނީ ޝްރެސްތާ، އަކީ ދިވެހީންގެ މެދުގައި މަގުބޫލު މީހެކެވެ. ދިވެހީން އޭނާ ދަންނަނީ ރިޒްގެ ނަމުންނެވެ. އޭނާ އަކީ ސޯޝަަލް މީޑިއާގެ -- ޓިކްޓޮކް ގައި މަޝްހޫރު މީހެކެވެ. ދިވެހި ބަހުން ފަރިތަ ކޮށް ވާހަކަ ދައްކާ ދިވެހީންގެ ގިނަ ބަޔަކާ ގުޅުން އޮންނަ މީހެކެވެ. 

އޭނާ އަކީ މާލޭގައި ބިއުޓީ ސެލޫންއެއް ހިންގާ މީހެކެވެ. ވަރަށް ގިނަ ދިވެހީން -- އޭގެ ތެރޭގައި މަޝްހޫރު އެތައް ބަޔަކު ހިމެނޭހެން އޭނާގެ ފަރާތުން ހިދުމަތް ހޯދަ އެވެ. ސޯޝަލް މީޑިއާގައި އޭނާ ދިޔައީ ސެލޫން އިޝްތިހާރު ވެސް ކުރަމުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއް ގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ރަޖަނީ ޝްރެސްތާއާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގާފައިވާ ކަމަށެވެ.

އޭނާ އަކީ އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ -- ވިސާގެ ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިއަ މީހެއް ކަމަށާ އޭނާއާ އޭނާގެ ހަތަރު ބިދޭސީ މުވައްޒަފުންގެ ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް އޮގަސްޓު 13 ވަނަ ދުވަހު އެ މީހުން ވަނީ ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރިޖަނީ އަކީ މީގެ ކުރީން ނޫސްތަކުގެ ސުރުހީތަކުން ވެސް ޖާގަ ހޯދާފައިވާ މީހެކެވެ. މީގެ ހަތަރު އަހަރު ކުރީން އޭނާ ރާއްޖެ އައިއިރު އެއީ ހިންދޫ ދީނުގެ މީހެކެވެ. ނަމަވެސް ރާއްޖެ އައިސް އޭނާ ވަނީ އިސްލާމް ވެފަ އެވެ. އަދި އޭނާގެ ނަން އައިޝަތު ރިޒްގިން އަށް ބަދަލުކުރި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.