ރާއްޖެގެ ސްޕޭސް ޓީމަށް ނާސާގެ އެސްޓްރޮނޯޓްގެ ތައުރީފު

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ މިޝަންގެ ޑައިރެކްޓަރަކަށް އައްޔަންކޮށްފައި ވަނީ އިންޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސްރިމަތީ ކޭސަން އެވެ.

ސްޕޭސް ޓީމަށް ސެޓްފިކެޓް ހަވާލުކުރުމަށް ފަހު ނާސާގެ ކުރީގެ އެސްޓްރޮނޯޓް ހެއިޑީ ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ އެމެރިކަން ސެންޓަރު


ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަނަށް ނާސާގެ ކުރީގެ އެސްޓްރޮނޯޓް ކެޕްޓަން ހެއިޑީމެރީ ސްޓެފަނީޝީން ޕައިޕާ ތައުރީފު ކުރައްވައިފި އެވެ.

ރާއްޖޭގެ ސްޕޭސް ޕްރޮގްރާމް ކުރިއަށް ގެންދާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) އާއެކު ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރުގައި ބޭއްވި ބައްދަލުވުުމެއްގައި ހެއިޑީގެ އިތުރުން އެމެރިކާގެ އޮފިޝަލުން ވަނީ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް ރާއްޖޭއިން ސެޓެލައިޓެއް ލޯންޗް ކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށް އެކަމަށް ތައުރީފް ކުރައްވާފަ އެވެ. އަދި އެ ބައްދަލުވުމުގައި ރާއްޖޭގެ އައިޖީއެސްގެ ސީއީއޯ ރިފްއަތު މުހައްމަދު ވަނީ އެމެރިކާގެ އޮފިޝަލުންނަށް މައުލޫމާތު ދެއްވާފަ އެވެ.

ރާއްޖޭގެ ސްޕޭސް ޓީމަށް ނެނޯ ސެޓެލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯހުގެ ސެޓްފިކެޓް ހަވާލު ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ވެސް ހެއިޑީ އެވެ. ސެޓެލައިޓް ޑިޒައިންކޮށް، ބިލްޑްކޮށް، ލޯންޗްކޮށް ސައިންޓިފިކް ރިސާޗް ހަދަން ދަސްކޮށްދޭ މިކޯސް ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުންނެވެ.

ރާއްޖޭގެ ފުރަތަމަ މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓް ކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަ ބެލުމުގެގޮތުން ހަދާ ސެޓެލައިޓެކެވެ. މި މިޝަނަށް ދީފައިވާ ނަމަކީ "އަޒުމް" އެވެ

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ މިޝަންގެ ޑައިރެކްޓަރަކަށް އައްޔަންކޮށްފައި ވަނީ އިންޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސްރިމަތީ ކޭސަން އެވެ. އޭނާ އަކީ 2017 ގައި ނާސާ އިން ލޯންޗުކުރި ދުނިޔޭގެ އެންމެ ކުޑަ ސެޓްލައިޓްގެ މިޝަންގެ ވެސް ޑައިރެކްޓަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.