ޕީއެސްއެމްގެ އެމްޑީ ޒީނާ އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ޒީނާގެ އިސްތިއުފާ ދެއްވިކަން ޕީސީބީން ރައީސް އޮފީހަށް އަންގާފައިވާ ކަމަށެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު: މިއަދު ވަނީ އިސްތިއުފާ ދެއްވާފައި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު، ޒީނާ ޒާހިރު ދެންމެ އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވިކަން ޒީނާ ވަނީ "މިރާ" އަށް ޔަގީން ކޮށް ދީފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ވިދާޅެއް ނުވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ޒީނާގެ އިސްތިއުފާގެ ސިޓީ ޕީސީބީ އަށް ހުށައެޅުއްވި ކަން ރައީސް އޮފީހަށް އެނގިފަައިވާ ކަމަށެވެ. 

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޒީނާ އައްޔަނު ކުރީ ނޮވެންބަރު 28 ވަނަ ދުވަހު އެވެ. ޒީނާ ވަނީ ޕީއެސްއެމްގެ ހިންގުމަށް މުހިންމު ބަދަލުތަކެއް ގެންނަވާފަ އެވެ. ހާއްސަކޮށް ކުންފުނީގައި އޮތް ބޮޑު ދަރަނި ހަލާސް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ދަރަނި ވަރަށް ބޮޑަށް ކުޑަ ކުރެއްވި އެވެ. އަދި ޓީވީއާ ރޭޑިއޯގެ އުފެއްދުންތަކުގެ ރަނގަޅު ކުރެއްވުމަށް ވެސް މަސައްކަތްތަކެއް ކުރެއްވި އެވެ.

ޒީނާ ޒާހުރަކީ ކުރިން ބައެއް ނޫސްތަކާއި ޓީވީ ޗެނަލްތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ބްރޯޑްކޮމްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޒީނާއަކީ މިހާރު ވެސް ލައިފް ސްޓައިލް އޮންލައިން މެގަޒިންއެއް "ޒީ ޓައިމްސް" ގެ ނަމުގައި ހިންގަވާ ބޭފުޅެކެވެ.

ގދ. ގައްދޫއަށް ނިސްބަތްވެ ވަޑައިގަންނަވާޒީނާއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ އަކީ ޕީއެސްއެމްގެ ފުރަތަމަ އަންހެން އެމްޑީ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.