ކުރީގެ ވަޒީރުގެ ސުވާލަށް: ސިފައިންގެ ބިމެއް އުނިނުވޭ، އިތުރުވީ

މިނިސްޓަރު ޣައްސާން ވަނީ އެމްއެންޑީއެފްގެ އެއްވެސް ބިމެއް އުނި ނުވާ ކަމަށެވެ. އަދި ކަނޑުއޮތްގިރި އަކީ ސިފައިންނަށް އިތުރު ކުރެވުނު ރަށެއް ކަމަށެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން (ކ) ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ

މިފްކޯގެ ރަށެއް ކަމުގައިވާ ކ. ކަނޑުއޮތްގިރި އަކީ ސިފައިންނަށް އިތުރުވީ ބިމެއް / ތަނެއް ކަމަށާ ސިފައިންގެ އެއްވެސް ބިމެއް އުނި ނުވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މައުމޫން މިހެން ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.

މިފްކޯގެ ރަށެއް ކަމުގައިވާ ކ. ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދިނުމަށް ރައީސުލްޖުމްހޫރިޔާގެ ކެބިނެޓުގެ މަޝްވަރާއިން ނިންމެވުމާގުޅިގެން އެރަށުގައި އެކުންފުނިން ކުރަމުންދިޔަ މަސައްކަތްތައް ހުޅުމާލޭގައި ކުރުމަށް ބިމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅިގެން ކުރީގެ މިނިސްޓަރު މާރިޔާ ވަނީ ކަނޑުއޮއްގިރި ސިފައިންނާއި ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހުޅުމާލެ އިން ސިގައިންނަށް ކެންޓޯންމަންޓް ހަދަން ދިން 120،000 އަކަ ފޫޓުގެ ބިން މިފްކޯއަށް ދޭ ގޮތަށްތޯ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޣައްސާން ވަނީ އެމްއެންޑީއެފްގެ އެއްވެސް ބިމެއް އުނި ނުވާ ކަމަށެވެ. އަދި ކަނޑުއޮތްގިރި އަކީ ސިފައިންނަށް އިތުރު ކުރެވުނު ރަށެއް ކަމަށެވެ.

"ކުރިއަށް ދިވެހި ގައުމު. ކުރިއަށް ދިވެހި ސިފައިން،" މާރިޔާގެ ޕޯސްޓަށް ޖަވާބު ދެއްވާ ޣައްސާން ލިޔުއްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.