ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒު ފޮރިންއަށް

ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް މުހުތާޒް އައްޔަނު ކުރެއްވީ މި އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް، ހުންނެވި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ އެކަން ކަށަވަރު ކޮށް ދެއްވާފަ އެވެ. ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް، ހުންނެވި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ.

މި ބަދަލު ގެންނެވި ސަބަބެއް ވިދާޅެއް ނުވެ އެވެ.

ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް މުހުތާޒް އައްޔަނު ކުރެއްވީ މި އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެވެ. އޭރު ސަރުކާރުން ބުނި ގޮތުގައި މުހުތާޒްގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާ ދެއްވުމެވެ.

ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވާންދެން މަސައްކަތް ކޮށްފައިވާ މުހުތާޒަކީ ކުރީން ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ޕީއެންސީ/ޕީޕީއެމް ޕްރައިމަރީގައި ދަނގެތީ ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.