މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގަން އުޅުނު މީހަކު ޖަލަށް

މި މައްސަަލައާއި ގުޅިގެން ހުކުމް ކޮށްފައިވަނީ ކ. މާލެ، ގ. އަރޫޝާމަންޒިލް، ހަސަން ރަޝީދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓްގެ ނަންބޯޑް

މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގަން އުޅުނު މީހަކު ހަތް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

މި މައްސަަލައާއި ގުޅިގެން ހުކުމް ކޮށްފައިވަނީ ކ. މާލެ، ގ. އަރޫޝާމަންޒިލް، ހަސަން ރަޝީދުގެ މައްޗަށެވެ.

އޭނާ ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ، ޖިންސީ ކުށުގެ ގާނޫނުގެ 22ވަނަ މާއްދާ، -- މަހުރަމަކާ އެކު ޖިންސީގުޅުން ހިންގަން އުޅުމުގެ ކުށުގެ ދަށުންނެވެ.

މިކުށް އޭނާގެ މައްޗަށް ސާބިތުވެ ހުކުމް ކުރި ނަމަވެސް މި ހުކުމް ކުރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. އެއީ މުޖުތަމައުގެ އަހުލާގީ އުސޫލު ހިފެހެއްޓުމަށް ކަމަށް އެ ކޯތުން ވަނީ ބުނެފައެވެ. އެކަމަކު މައްސަލައިގެ ހުލާސާ ރިޕޯޓު އެ ކޯޓުން ވަނީ ހާމަކޮށްފައެވެ.

އޭގައިވާގޮތުން އޭނާގެ މައްޗަށް ޖިންސީ ކުށުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން، ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކޯޓުން ވަނީ ކަނޑައަޅައި ހުކުމްކޮށްފައެވެ.

އެހެން ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއާ ހަވާލާދީ މި މައްސަލައާ ގުޅިގެން ހުކުމެއް ކުރުމުގެ ކުރިން ހަަސަން ރަޝީދު ބަންދުގައި ހޭދަކުރި މުއްދަތު، އޭނާގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.