އައިޖީއެމްއެޗްގެ ޑިިއުޓީގައި ހުރި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

މި މައްސަަލައާޢި ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، އަސަރީހިޔާ، އަބްދުﷲ އިބްރާހިމް 35އ، އެވެ.

ފުލުހުން މަގުމަތީގައި ހަަރަކާތްތެރި ވަނީ

ޑިއުޓީގައި ހުރި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަަލައާޢި ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، އަސަރީހިޔާ، އަބްދުﷲ އިބްރާހިމް 35އ، އެވެ.

އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް ހަަތް ދުވަސް ދީފައެވެ. 

ކޯޓުއަމުރުގައި ބުނެފައިވަނީ އަބްދުﷲ އިބްރާހިމް، އައިޖީއެމްއެޗްގައި ޑިއުޓީ އަދާކުރަމުންދިޔަ ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ހާދިސާ ރިޕޯޓުވެސް މީނާއާ ދެކޮޅަށް ހުށަހަޅާފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ.

އެހެން ކަމުން އޭނާ ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އޭނާ ދޫކޮށްލާފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށްވެސް އެ އަމުރުގައި ވަނީ ބުނެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.