ބީއެމްއެލް އިސްލާމިކުން އައިޔޫއެމްގެ "ސަނާބިލް" ޕްރޮޖެކްޓަށް އިންވެސްޓްކޮށްފި

އައިޔޫއެމް އިން ހުޅުވާލި ސަނާބިލް ސުކޫކަށް އެއްފަހަރާ ސަބްސްކްރައިބްކުރުމާއެކު، ބީއެމްއެލް އިސްލާމިކް ވެފައިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމެންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ.

މަތީ ތައުލީމަށް ހާއްސަކޮށްގެން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ހަތްބުރީގެ އިމާރާތްކުރުމަށް ހިންގާ "ސަނާބިލް" ޕްރޮޖެކްޓަށް ބީއެމްއެލް އިސްލާމިކް އިން ބޮޑު އިންވެސްޓްމަންޓެއް ކޮށްފި އެވެ.

މިދިޔަ ޖޫން މަހު އައިޔޫއެމް އިން ހުޅުވާލި ސަނާބިލް ސުކޫކަށް އެއްފަހަރާ ސަބްސްކްރައިބްކުރުމާއެކު، ބީއެމްއެލް އިސްލާމިކް ވެފައިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމެންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން، ހަސަން ކަލާމް ވިދާޅުވީ މި އިންވެސްޓްމަންޓަކީ އިސްލާމިކް ބޭންކިން އަދި ފައިނޭންސިންގެ ދާއިރާ ކުރިއަރުވައި، އިސްލާމީ ތައުލީމު ކުރިއެރުވުމަށް ބީއެމްއެލް އިސްލާމިކުގެ ފަރާޓުން ސާބިތުކަމާއެކު ތިބިކަމުގެ ވަރަށް ވަރުގަދަ ހެއްކެއް ކަމަށެވެ.

މި ޕްރޮޖެކްޓްގެ ސަބަބުން އައިޔޫއެމް އާއި ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އިލްމީ އިގްތިސޯދެއް ގާއިމްކުރުމަށް އެހީވެގެންދާނެ ކަމަށް ވެސް ކަމާލް ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކުން ދަނީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުއައްސަސާތަކަށް އީޖާދީ އަދި ކަސްޓަމަރުން ބޭނުންވާ ފަދަ ޝަރުއީ ހަމަތަކަށް މާލީ ހައްލު ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ މަތީ ހަރުފަތުގައި ހިދުމަތްދެމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.