ދޮގު ހަބަރުފަތުރާ، ދަރިފުޅުގެ ތައުލީމީ ހަޔާތް ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލައިފި

މިނިސްޓަރު ސައީދު ވިދާޅުވީ ސިޔާސީ ގޮތުން އޭނާއަށް ފާޑުކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ

ދޮގު ހަބަރުފަތުރާ، ތުއްތު ދަރިފުޅުގެ ތައުލީމީ ހަޔާތް ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެކްސްގައި ނުފޫޒު ގަދަ އެކައުންޓަކުން ސައީދުގެ ދަރިފުޅާ ގުޅުވާ ވާހަކަތަކެއް ފަތުރަމުންދާތީ އެކަމަށް އިޝާރާތް ކުރައްވަ އެވެ. އެ އެކައުންޓުން ކުރި ޕޯސްޓެއް ގައި ބުނެފައި ވަނީ އަޖިއަލް އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުންދާ ސައީދުގެ ދަރިފުޅާމެދު އަމަލު ކުރި ގޮތަކާމެދު ހިތްހަމަނުޖެހިގެން އެ ސުކޫލުގައި މަސައްކަތް ކުރާ އިނގިރޭސިވިލާތުގެ ޓީޗަރެއް ޑީޕޯޓް ކުރަން މަސައްކަތް ކުރާ ކަމަށެވެ.

އެކަމަށް އިޝާރާތް ކޮށް މިނިސްޓަރު ސައީދު ވިދާޅުވީ ސިޔާސީ ގޮތުން އޭނާއަށް ފާޑުކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ފިލާތިބެ ބަޔަކު ޒާތީވެ އޭނާގެ ހަތަރު އަހަރުގެ ތުއްތުދަރިފުޅުގެ މުޅި ތައުލީމީ ހަޔާތް ނުތަނަވަސް ކަމުގެ ތެރެއަށް ވައްޓާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ދޮގުހަބަރުތައް ފެތުރުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.