ވަޒީރު އުފަލުން؛ މި މަހުގެ ނިޔަލަށް 300 ޒުވާން ހަތީބުން އުފެއްދޭނެ

މިހާތަނަށް 100 ކުއްޖަކަށް ހުއްދަ ދީފައިވެ އެވެ. އަދި މިހާރު 200 ކުދީން ތަމްރީނު ކޮށް ނިމިފައިވާ ކަމަށާ މި މަހުގެ ނިޔަލަށް އެ ކުދީންނަށް ހުއްދަ ހަވާލު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް މި ސަރުކާރުން ފަށާފައިވާ ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން މި މަހުގެ ނިޔަލަށް 300 ހަތީބުން އުފެއްދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގުރާމަކީ ރީތިކޮށް ގުރުއާން ކިޔަވައި ހުތުބާ ކިޔާނެ އަދި ބަންގި ގޮވާނެ ޒުވާން ޖީލެއް ބިނާކުރުމެވެ. އެ ޕްރޮގުރާމު ހިންގަވަނީ ރައީސް ޑރ.މު އިއްޒުގެ ފުރިހަމަ އިރުޝާދުގެ ދަށުންނެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމަށް ރޭ އިސްލާމީ މަރުކަޒު ގައި އޮތް ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިހާތަނަށް 100 ހަތީބުންނަށް ހުއްދަ ދީފައިވާ ކަމަށެވެ. އަދި ވަރަށް އުފަލާއެކު ފާހަގަ ކުރެއްވީ މި މަސް ނިމޭއިރު 300 ޒުވާން ހަތީބުން ފެނިގެންދާނެ ކަމަށެވެ.

މިހާރު 200 ކުދީން ތަމްރީނު ކޮށް ނިމިފައިވާ ކަމަށާ މި މަހުގެ ނިޔަލަށް އެ ކުދީންނަށް ހުއްދަ ހަވާލު ކުރާނެ ކަމަށެވެ.

"މިއީ މި ދާއިރާއަށް ޒުވާން ޖީލު ގެނެސް ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އިސްލާމްދީނުގެ ޝިއާރު ދެމެހެއްޓުމަށް ޒުވާން ޖީލު ގެނައުމަށް އަޅުގަނޑުމެން ކުރާ ބޮޑު މަސައްކަތެއް. ދެވަނަ ސަފު [ޒުވާނުން] އަޅުގަނޑުމެން ބިނާ ނުކޮށްފިނަމަ ފަހުން އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭނެ،"

މިނިސްޓަރު ވިދާޅުވީ ދައުވަތުގެ މައިދާނު ގައި މިވަގުތު އެންމެ ކުރީގައި ތިއްބެވި އިލްމުވެރީން ޒުވާން ހަތީބުން ތަމްރީނު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޕްރޮގުރާމުގެ އަމާޒަކީ ޖުމްލަ 1،000 ހަތީބުން ތަމްރީނުކޮށް ނިންމުން ކަމަށެވެ. އަދި މިހާތަނަށް އެ ޕްރޮގުރާމަށް ލިބުނު ތަރުހީބަށްޓަކައި އުފާކުރައްވާ ކަމުގައި ވިދާޅުވި އެވެ.

ޒުވާން ހަތީބުން ތަމްރީނުކޮށް އެ ކުދީންނަށް ހުއްދަ ދިނުމަށް ފަހު ވަކި ގަވާއިދެއްގެ ދަށުން އެ ކުދީންނަށް ދަނީ ފުރުސަތު ދެމުންނެވެ. މާލޭގެ ބޮޑެތި މިސްކިތްތަކު ގައި އިމާމުވެ ހުތުބާ ކިޔާ ހުކުރު ކުރުމުގެ ފުރުސަތު ދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.