އެއްވެސް އިލްމުވެރިއެއްގެ ދީނީ ހިދުމަތަށް ހުރަހެއް އެޅޭނެ ކަމެއް ނުކުރާނަން: މިނިސްޓަރު

"އެއްވެސް ބޭފުޅެއްގެ ދީނީ ހިދުމަތަށް އުނިކަމެއް / ހުރަހެއް އަންނާނެ ފަދަ ކަމެއް މި ވުޒާރާ އަކުން [އިސްލާކް މިނިސްޓްރީން] ނުކުރާނެ،"

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ދީނީ އެއްވެސް އިލްމުވެރިއަކާމެދު ތަފާތު ގޮތެއް ނުބަހައްޓަވާނެ ކަމަށާ އެއްވެސް ބޭފުޅެއްގެ ދީނީ ހިދުމަތަށް އުނިކަމެއް އަންނާނެ ފަދަ ކަމެއް އެމަނިކުފާނު ވެސް އަދި އިސްލާމިކް މިނިސްޓްރީން ވެސް ނުކުރާނެ ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ދެއްވައިފި އެވެ.

މިނިސްޓަރު މިކަމުގެ ޔަގީންކަން ދެއްވީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމަށް ރޭ އިސްލާމީ މަރުކަޒު ގައި އޮތް ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ދީނީ އެއްވެސް ޖަމިއްޔާ އަކަށް / އިލްމުވެރިއަކަށް އެމަނިކުފާނު ވެސް އަދި އިސްލާމިކް މިނިސްޓްރީން ވެސް ތަފާތު ގޮތެއް ނުބަހައްޓާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މިނިސްޓްރީން އިލްމުވެރީންނަށް ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކަށް އެންމެ ބޮޑު އެއްބާރުލުމެއްދޭ ބަޔަކީ އިލްމުވެރީން ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އިލްމުވެރީންގެ ފަރާތުން ލިބެމުން ދަނީ ފުރިހަަމަ އެއްބާރުލުމެއް ކަމަށެވެ. އަދި އަބަދުވެސް އެ އެހީތެރިކަން ބޭނުންވާ ކަމުގައި ވިދާޅުވެ ދީނީ އިލްމުވެރީންގެ ހިދުމަތަށް ފުރިހަމަ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ބޭފުޅެއްގެ ދީނީ ހިދުމަތަށް އުނިކަމެއް / ހުރަހެއް އަންނާނެ ފަދަ ކަމެއް މި ވުޒާރާ އަކުން [އިސްލާކް މިނިސްޓްރީން] ނުކުރާނެ،"

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގައި އޮތް ސުންނީ އިސްލާމީ އަގީދާ ދެމެހެއްޓުމަށް މަސައްކަތް ކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.