މި ސަރުކާރުން ދީނަށް ނަސްރު ދޭނެ، މިއީ ދީނީ ހިދުމަތަށް ލިބޭނެ އަގުހުރި ފުރުސަތެއް: ޝަހީމް

މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ދީނުގެ ކަންކަން ހަރުދަނާ ކުރުމަށް ވަރަށް ގިނަ އިރުޝާދުތައް ރައީސް މުއިއްޒު ދެއްވަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ކަންތައްތައް ދެމެހެއްޓުމަށްޓަކާ ނަސްރު ދޭނޭ ސަރުކާރެއް ގާއިމުވެފައިވާ ކަމަށާ މިއީ ދީނުގެ ހިދުމަތް ފުޅާކުރުމަށް ލިބޭނެ ވަރަށް އަގުހުރި ފުރުސަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމަށް މިރޭ އިސްލާމީ މަރުކަޒު ގައި އޮތް ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ވަރަށް ގިނަ އިލްމުވެރީން ބައިވެރިވި ބައްދަލްވުމުގައި ޝަހީމް ވިދާޅުވީ އިސްލާމް ދީނުގެ ހިދުމަތް ދެމެހެއްޓުމަށް އެ މިނިސްޓްރީން ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ގައި ސާބިތުވެ ދެމި ތިބޭނެ ކަމަށެވެ. އެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުރިހަމައަށް ދެއްވާ ކަމަށާ މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ދީނުގެ ކަންކަން ހަރުދަނާ ކުރުމަށް ވަރަށް ގިނަ އިރުޝާދުތައް އެމަނިކުފާނު ދެއްވަވާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގަައި މިހާރު އޮތީ ދީނުގެ ހިދުމަތް ފުޅާކުރުމަށް ލިބޭނެ ވަރަށް އަގުހުރި ފުރުސަތެއް ކަމަށެވެ. އެހެން ކަމުން އިލްމުވެރީން މިހާރު ވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން އެ ގޮތުގައި ދެމި ތިއްބެވުމަށް އިލްތިމާސް ކުރެއްވި އެވެ.

"އެހެނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ކަންތައްތައް ދެމެހެއްޓުމަށްޓަކާ ނަސްރު ދޭނޭ ސަރުކާރެއް މާތްﷲގެ އިރާދަކުރެެއްވިއްޔާ ދިވެހިރާއްޖޭގައި ގާއިމުވެފައި އޮތް އޮތުން،" މިއީ ދީނަށް ނަސްރު ދޭނެ ސަރުކާރެއް ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.