މާރަންދޫ ކައުންސިލްގެ ނާއިބު ނިޔާވުން؛ މެންބަރަކު އިންތިހާބު ކުރުން އަންނަ މަހު 14 ގައި

އެ ކައުންސިލަށް މެންބަރަކު އިންތިހާބު ކުރުމަށް ބައި- އިލެކްޝަނެއް ބާއްވަން ނިންމީ ކައުންސިލްގެ ނާއިބު ރައީސް އަހްމަދު ރަމީޒު ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެންނެވެ.

ހއ. މާރަންދޫ: އެ ރަށު ކައުންސިލަށް މެންބަރަކު އިންތިހާބު ކުރުން އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނާނެ -- ޒުވާން މަސްވެރިޔާގެ ޕޭޖުން ނަގާފައިވާ ފޮޓޯއެއް

ހއ. މާރަންދޫ ކައުންސިލަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެ ކައުންސިލަށް މެންބަރަކު އިންތިހާބު ކުރުމަށް ބައި- އިލެކްޝަނެއް ބާއްވަން ނިންމީ ކައުންސިލްގެ ނާއިބު ރައީސް އަހްމަދު ރަމީޒު ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެންނެވެ. އޭނާ ނިޔާވީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. ރަމީޒު ނިޔާވީ މިއަދު ހަވީރު މާރަންދޫ ގައި ފުޓްބޯޅަ ކުޅެން ހުއްޓާ އުނދަގޫތަކެއް ވާތީ ފަރުވާއަށް އެ އަތޮޅު ވެރިރަށް -- ދިއްދޫއަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާރަންދޫ ކައުންސިލަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އިންތިހާބަށް މާާލެއާ މާރަންދޫ ގައި ވޯޓް ފޮށި ބަހައްޓާނެ އެވެ. މާރަންދޫގައި ވޯޓް ފޮށި ބަހައްޓާނީ ސްކޫލުގެ ހޯލުގަ އެވެ. މާލޭގައި ފެކަލްޓި އޮފް ހެލްތް ސައިންސްގެ ކޮންފަރެންސް ހޯލު ގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.