މަރުކަޒުގައި ޕްރޮފެސަރު ހަމްދާންގެ ވަރަށް އިލްމީ ހުތުބާއެއް، އަންނަ ހަފްތާގައި މުޅި ރާއްޖޭގައި

މަރުކަޒުގައި ޑރ. ހަމްދާން މިއަދު ދެއްވީ ވަރަށް އިލްމީ ހުތުބާ އެކެވެ. ހުތުބާގެ ފުރިހަމަ ކަން ވަރަށް ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ.

މައްކާގެ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރު ޑރ. ހަމްދާން އައްސުލަމީ މަރުކަޒުގައި އަރަބި ބަހުން ހުތުބާ ދެއްވަނީ

މައްކާގެ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރު ޑރ. ހަމްދާން އައްސުލަމީ އިސްލާމީ މަރުކަޒުގައި މިއަދު އަރަބި ބަހުން ދެއްވި ހުތުބާގެ ދިވެހި ތަރުޖަމާ، އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ކިޔަން ނިންމައިފި އެވެ.

މަރުކަޒުގައި ޑރ. ހަމްދާން މިއަދު ދެއްވީ ވަރަށް އިލްމީ ހުތުބާ އެކެވެ. ހުތުބާގެ ފުރިހަމަ ކަން ވަރަށް ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ. ހާއްސަކޮށް ދީނީ އިލްމުވެރީން ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ.

އެމަނިކުފާނު މިއަދު ހުތުބާ ދެއްވަމުން ގެންދެވިއިރު މަރުކަޒުގައި ބަހައްޓާފައިވާ ޓީވީތަކުން ގެންދިޔައީ ވަގުތުން ދިވެހި ތަރުޖަމާ ވެސް އަރުވަމުންނެވެ. ހުކުރު ލައިވް ގެނެސް ދިން ޓީވީތަކުން ވެސް ވަނީ ތަރުޖަމާ އަރުވާފަ އެވެ. އަދި ދިވެހި ތަރުޖަމާ ޕްރިންޓްކޮށް ހުކުރުގެ ޖަމާއަތަށް ދިޔަ މީހުންނަށް ވަނީ ބަހާފަ އެވެ.

މައްކާގެ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރު ޑރ. ހަމްދާން އައްސުލަމީ މަރުކަޒުގައި އަރަބި ބަހުން ހުތުބާ ދެއްވިއިރު ޓީވީތަކުން ދިވެހި ތަރުޖަމާ އަރުވަނީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދު އިސްލާމީ މަރުކަޒުގައި އަރަބި ބަހުން އިއްވި ހުތުބާ އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ދިވެހި ބަހުން ކިޔަން ނިންމާފައިވާ ކަމަށެވެ.

މައްކާގެ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރު ޑރ. ހަމްދާން އައްސުލަމީ މަރުކަޒުގައި އަރަބި ބަހުން ހުތުބާ ދެއްވިއިރު ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވީ އޮސްޓްރޭލިއާ ނޭވީގެ އިމާމް އުސްތާޛު މަޖްދީ އީސާ އެވެ. އެމަނިކުފާނު ހުތުބާ ދެއްވީ އިނގިރޭސި ބަހުންނެވެ.

މައްކާގެ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރު ޑރ. ހަމްދާން އައްސުލަމީ މިއަދު ދެއްވި ހުތުބާގެ ދިވެހި ތަރުޖަމާ ޕްރިންޓްކޮށް ވަނީ ބަހާފައި

ހުތުބާތަކުގެ ފެންވަރު ރަނގަޅުކޮށް ދިވެހީންނަށް މުހިންމު / މުނާސަބާ ހުތުބާތައް ކިޔުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ ސަމާލު ކަމެއްދީ މަސައްކަތް ކުރެ އެވެ.

މި ފަހުން އިއްވޭ ގިނަ ހުތުބާތަކަކީ ފޭރާން ވަރަށް ހެޔޮ / އިލްމީ ގޮތުން ވަރަށް މޮޅެތި ހުތުބާތަކެއްކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.