ޖަލަށް ޑްރަގް ވެއްދި ކަމުގެ ތުހުމަތު އޮތް ފަސް އޮފިސަރަކަށް ދައުވާ

މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް މިވަގުތު ހެކި ގަރީނާ ލިބިފައިނުވާތީ މި ވަގުތަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ވަނަވަރު އާންމުކުރި އޮޮފިސަރުން

މާފުށީ ޖަލުގައި ތިބި ގައިދީންނަށް ފޯނާއި މަސްތުވާތަކެތި ހޯދައިދީ، ނަހަމަ ގޮތުގައި އެތައް ފައިސާއެއް ހޯދި މައްސަލާގައި ހައްޔަރުކުރި ކަރެކްޝަނުގެ 13 އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރެއްގެ މައްސަލަ ނިންމާ ދައުވާ ކުރަން ފޮނުވައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ޖަލަށް މަސްތުވާތަކެތި އެތެރެކުރުމުގައި ކަރެކްޝަންގެ 18 އޮފިސަރަކު ބައިވެރިވާ ކަމުގެ ތުހުމަތު ކުރެވިފައިވެ އެވެ. އެ އޮފިސަރުންގެ އެކައުންޓަށް އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެކެއްގެ އެކައުންޓަށް މިދިޔަ އަހަރު 24 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. އަދި 18 މީހުންގެ އެކައުންޓަށް ޖުމްލަ 73 މިލިއަން ހަ ލައްކަ ރުފިޔާ ޖަމާވެފައިވެ އެވެ. މި އޮފިސަރުންގެ ތެރެއިން ހަ އޮފިސަރަކު މި އަހަރު ވަނީ ވަޒީފާ އިން ވަކިވެފަ އެވެ.

އެ މައްސަލާގައި 13 އޮފިސަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން 11 މީހަކު، ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފަ އެވެ. ފުލުހުން ވަނީ އެ މީހުންގެ ފޮޓޯއާ ވަނަވަރު އާންމުކޮށްފަ އެވެ. 

އަދި ތަހުގީގު ނިންމާ ދައުވާ ކުރަން ޕީޖީ އޮފީހަށް ވަނީ މައްސަލަ ފޮނުވާފަ އެވެ. ޕީޖީ އޮފީހުން ބުނީ ފަސް މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އެއީ؛

  •  ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް އަބްދުއްރަޙީމް
  •  ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމް
  •  ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫޙު ފަތުހުﷲ
  •  ކ. މާފުށި، ބީޗްހައުސް، އަލީ ހިޝާމް
  •  ނ. ލަންދޫ، ކާމިނީގެ، އަލީ އަސްފާގއ

މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް މިވަގުތު ހެކި ގަރީނާ ލިބިފައިނުވާތީ މި ވަގުތަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.  

މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން، ތުހުމަތު ކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.