ރާއްޖެ އަށް ޕޭޕަލްސް ގެނައުމަށް ރަސްމީ މަޝްވަރާތަކެއް

ޕޭޕަލްސްއާއެކު ކުރި މަޝްވަރާތަކުގައި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އެމްއެމްއޭއިން ބައިވެރިވެފައިވެ އެވެ.

ޕޭޕަލްސްއާއެކު އިކޮނޮމިކް މިނިސްޓްރީ އާއި އެމްއެމްއޭއިން ބޭއްވި ބައްދަލުވުން -- އިކޮނޮމިކް

ޒުވާނުންގެ ގިނަ ބަޔަކު އޮންލައިން ވިޔަފާރި ކުރުމުގައި ހުރި ގޮންޖެހުމެއް ކަމަށްވާ ޕޭޕަލް އެކްސެސް ހޯދުމުގެ ގޮތުން ޕޭޕަލްސްއާއެކު ރަސްމީ މަޝްވަރާތަކެއް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންގޮސްފި އެވެ. 

ޒޫމްމެދުވެރިކޮށް ކުރިއަށް ގެންދިޔަ މި މަޝްވަރާތަކާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޕޭޕަލްސްގެ އެކްސެސް ރާއްޖެއަށް ހޯދުމުގެ ގޮތުން އެ ކުންފުނީގެ ޕްރެޒިޑެންޑް ފޯ ގްލޯބަލް މާކެޓިން ސޫޒަން ކިރީރްއާއެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. 

މި މަޝްވާތަކުގައި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން މަރުކަޒީ ބޭންކުންވެސް ބައިވެރިވެފައިވެ އެވެ. މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު ސައީދު އެވެ. އަދި އެމްއެމްއޭގެ ފަރާތުން ބައިވެރިވަޑައިގެންނެވީ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އެވެ. 

ޕޭޕަލްސްގެ އެކްސެސް ހޯދުމުގެ ގޮތުން އެމެރިކާ ސަރުކާރާއެކު މަޝްވަރާ ކުރަން ނިންމިިކަން ސަރުކާރުން އިއުލާނުކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. 

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލްސް އަށް އެކްސެސް ހޯދުމާއި ގުޅޭ ގޮތުން އެމެރިކާރުގެ ސަރުކާރުން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި ހިދުމަތަށް އެކްސެސް ލިބޭނެ ގޮތް ހޯއްދެވުމަށާއި މިކަމާއި ގުޅޭ އެހެނިހެން ފަރާތްތަކާއި މަޝްވަރާ ކުރައްވައިގެން ޕޭޕަލް ފަދަ އެހެން ޕްލެޓްފޯމް ތަކަށް އެކްސެސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ޕޭޕަލް އެކްސެސް ހޯދުމުގެ ބޭނުމަކީ ރާއްޖޭގައި އޮންލައިން ޕޭމެންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސް ތަކަށް ހައްލު ހޯދުން ކަމަށެވެ. 

ޕޭޕަލްސްއާއެކު އިކޮނޮމިކް މިނިސްޓްރީ އާއި އެމްއެމްއޭއިން ބޭއްވި ބައްދަލުވުން -- އިކޮނޮމިކް

ޕޭޕަލް އެކްސެސް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް ގަވަރުނަރު އަލީ ހާޝިމް ވެސް ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް މިކަން ކާމިޔާބުވެފައެއް ނުވެ އެވެ. ގަވަރުނަރު އަލީ ހާޝިމް ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ 2020 ވަނަ އަހަރު ވިދާޅުވެފައިވާ ގޮތުގައި ޕޭމަންޓް ސިސްޓަމް ގާއިމް ކުރަނީ އައިއެސްއޯ 222 ސްޓޭންޑާޑަށް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.