ޝަމީމް ވަނީ ގާނޫނާ ހިލާފު ކަންކަން ކޮށްފައި، މައްސަލަ ބަލަން ޖެހޭ: އަޒާން

އަޒާން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. އަދި ވިދާޅުވީ ޝަމީމް، ގާނޫނާ ހިލާފަށް ހިންގާފައި ހުރި ކަންކަން ކަމާބެހޭ އިދާރާތަކުން ބަލަން ޖެހޭ ކަމަށެވެ.

ކުރީގެ ޕީޖީ ހުސަައިން ޝަމީމް (ކ) މެންބަރު އަހްމަދު އަޒާން (ވ)

ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުން ރޭ އިސްތިއުފާ ދެއްވި ހުސައިން ޝަމީމް، ގާނޫނާ ހިލާފަށް ހިންގާފައި ހުރި ކަންކަން ކަމާބެހޭ އިދާރާތަކުން ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.

ޝަމީމު މަގާމުން ވަކިކުރަން ނިންމާ އެ މައްސަލަ ރޭ އޮތް ޖަލްސާއަށް އެޖެންޑާކޮށް ޖަލްސާ ފެށިތަނާ ޝަމީމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް ނަމަވެސް އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ މަޖިލީހުގެ މިރޭގެ ޖަލްސާ ގައި ވަނީ ޝަމީމް މަގާމުން ވަކިކުރުމާމެދު ގޮތް ނިންމާފަ އެވެ.

އެ ވޯޓަށް އެހުމުގެ ކުރީން ރިޔާސަތު ގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ޝަމީމްގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިފައި ނުވާކަން އެ އޮފީހުން ޔަގީން ކޮށްދޭ ކަމަށެވެ. އެހެން ކަމުން ޝަމީމް ވަކިކުރުމާމެދު ގޮތް ނިންމަން ވޯޓަށް އެހި އެވެ.

ހަތްދިހަ ހަ މެންބަރުން ހާޒިރުވި ޖަލްސާ ގައި 65 މެންބަރުން ވަނީ ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ފެންނަ ކަމަށް ވޯޓް ދީފަ އެވެ. ދެކޮޅަށް ވޯޓް ދިނީ ނުވަ މެންބަރުންނެވެ. އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓް ނުދީ އިނެވެ.

ޝަމީމް ވަކިކުރުމާ ގުޅިގެން އަޒާން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. އަދި ވިދާޅުވީ ޝަމީމް، ގާނޫނާ ހިލާފަށް ހިންގާފައި ހުރި ކަންކަން ކަމާބެހޭ އިދާރާތަކުން ބަލަން ޖެހޭ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.