މެންބަރުން ޗުއްޓީއަށް؛ 33 ޖަލްސާ، 82.9 ޕަސެންޓް މަސައްކަތް ނިންމި

މެންބަރުން މިރޭ ޗުއްޓީ ފަށަނީ މި ދައުރަށް ހުށައެޅުނު މަސައްކަތްތަކުގެ ތެރެއިން 82.9 ޕަސެންޓް މަސައްކަތް ނިންމުމަށް ފަހު ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާ ގައި ނާއިބު ރައީސް އަހްމަދު ނާޒިމް: މިރޭ މެންބަރުންގެ ޗުއްޓީ ވަނީ ފަށާފައި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ނިންމުމަށް ފަހު މަޖިލީސް މެންބަރުންގެ ޗުއްޓީ މިރޭ ފަށައިފި އެވެ.

މަޖިލީސް މެންބަރުންގެ ޗުއްޓީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެ އެވެ.

މި ދައުރުގެ ފަހު ޖަލްސާ މިރޭ ވަނީ ބާއްވާފަ އެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނާއިބު ރައީސް އަހްމަދު ނާޒިމެވެ. ޖަލްސާ ނިންމާލަމުން ނާޒިމް ވިދާޅުވީ މި ދައުރު ގައި 33 ޖަލްސާ ބޭއްވުނު ކަމަށެވެ. ޖަލްސާތަކު ގައި 75 ގަޑިއިރު ހޭދަވި ކަމަށެވެ.

އަދި ކޮމެޓީ ބައްދަލްވުންތަކުގެ އަދަދު 233 އަށް އަރާ ކަމަށް ވިދާޅުވި އެވެ. ކޮމެޓީ މަސައްކަތު ގައި މެންބަރުން ވަނީ 190 ގަޑިއިރާއި 29 މިނެޓް ހޭދަކޮށްފަ އެވެ. 

މެންބަރުން މިރޭ ޗުއްޓީ ފަށަނީ މި ދައުރަށް ހުށައެޅުނު މަސައްކަތްތަކުގެ ތެރެއިން 82.9 ޕަސެންޓް މަސައްކަތް ނިންމުމަށް ފަހު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ދައުރުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އާ ދައުރު ފެށޭނީ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ކަމަށާ ފުރަތަމަ ޖަލްސާ އެ މަހުގެ ތިނެއް ނުވަތަ ހަތެއް ގައި ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.