އާ ޕީޖީއަށް ރުހުން ދޭން ޗުއްޓީގައި ތިބެ މެންބަރުން ދެ ފަހަރު އެއްވާން ޖެހޭނެ

ނާޒިމް ވިދާޅުވީ މެންބަރުން މިއީ ޗުއްޓީ ދުވަސްވަރު ކަމުން ޖަލްސާ ބޭއްވުމުގެ ތިން ދުވަސް ކުރީން މެންބަރުންނަށް ނޯޓިސް ފޮނުވާނެ ކަމަށެވެ.

މަޖިލީހުގެ މިރޭގެ ޖަލްސާ ކުރިއަށް ދަނީ

ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް އާ ބޭފުޅަކު ހަމަޖެއްސުމަށް ދައުރުގެ ބޭރުން ދެ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާނު ކޮށްފި އެވެ.

މަޖިލީހުގެ މިރޭގެ ޖަލްސާއަށް ފަހު މެންބަރުން ވަނީ މިރޭ ޗުއްޓީއަށް ގޮސްފަ އެވެ. މަޖިލީސް ޗުއްޓީއަށް ނުގޮސް ދިގު ދަންމާލީ ޕީޖީގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާށެވެ. މިރޭ ޖަލްސާ ބޭއްވީ އެ މައްސަލާ ގައި ގޮތް ނިންމުމަށެވެ.

ޝަމީމް، މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް އިސްތިއުފާގެ ސިޓީ ލިބިފައި ނުވާ ކަމަށް ބުނެ މަޖިލީހުގެ މިރޭގެ ޖަލްސާ ގައި ވަނީ ވޯޓަށް އަހާ ޝަމީމް މަގާމުން ވަކި ކުރައްވާފަ އެވެ. އެހެން ކަމުން ގާނޫނުގައިވާ ގޮތުގެ މަތީން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޕީޖީގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހޭނެ އެވެ.

ނަމަވެސް ކުރިއަށް އޮޔް ތިރީސް ދުވަހު، މެންބަރުން ތިއްބަވާނީ ޗުއްޓީގަ އެވެ. އެކަން ފާހަގަ ކުރައްވާ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ނާއިބު ރައީސް އަހްމަދު ނާޒިމް މިރޭ ވިދާޅުވީ ޕީޖީގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމަށް ދައުރުގެ ބޭރުން ދެ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށެވެ.

އެއީ އެ މަގާމަށް ހުޅުވާލުމުން ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާ ނަން އިއްވާ އެ މައްސަލަ ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވުމަށް ބާއްވާ ޖަލްސާ އާއި ކޮމެޓީގެ ނިންމުމާމެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާ އެވެ.

ނާޒިމް ވިދާޅުވީ މެންބަރުން މިއީ ޗުއްޓީ ދުވަސްވަރު ކަމުން ޖަލްސާ ބޭއްވުމުގެ ތިން ދުވަސް ކުރީން މެންބަރުންނަށް ނޯޓިސް ފޮނުވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.