އިސްތިއުފާ ދެއްވާފައި ވަނިކޮށް ޝަމީމް ވަކިކުރަން މަޖިލީހުން ފާސްކޮށްފި

ހަތްދިހަ ހަ މެންބަރުން ހާޒިރުވި ޖަލްސާ ގައި 65 މެންބަރުން ވަނީ ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ފެންނަ ކަމަށް ވޯޓް ދީފަ އެވެ. ދެކޮޅަށް ވޯޓް ދިނީ ނުވަ މެންބަރުންނެވެ. އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓް ނުދެ އެވެ.

ޕްްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމް މިރޭ އިސްތިއުފާ ދެއްވަނިކޮށް މަޖިލީހުން ޝަމީމްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި އެވެ.

ޝަމީމް އިސްތިއުފާ ދެއްވީ މަޖިލީހުގެ މިރޭގެ ޖަލްސާ ފެށި ފަހުންނެވެ.

ބަހުސް ކުރިއަށް ގެންދަނިކޮށް އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާ ޝަމީމް އިސްތިއުފާ ދެއްވިކަން ރާއްޖޭގެ ބޮޑެތި ހުރިހާ މީޑިއާތަކުން އިއުލާނު ކޮށްފައިވާ ކަމަށާ އެހެން ކަމުން މިހާރު ހިންގާ ބަހުސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ޝަމީމް އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން އަންގާފައި ނުވާ ކަމަށެވެ.

ފަހުން ވެސް އެމްޑީޕީގެ މެންބަރުން ވަނީ ޝަމީމް އިސްތިއުފާ ދެއްވިކަން ކަށަވަރު ކުރެއްވުމަށް ފަހު ޖަލްސާ ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. ނާޒިމް ވިދާޅުވީ ޖަލްސާ ފެށުމުގެ ކުރީން ވެސް އެކަން ޔަގީން ކުރަން ރައީސް އޮފީހާއި މުއާމަލާތް ކުރެއްވި ކަމަށެވެ.

އޭގެ ފަހުން ބަހުސް ކުރިއަށް ގެންގޮސް ނިންމާލީ އެވެ. ބަހުސްގައި ސަރުކާރުގެ ޕީއެންސީގެ މެންބަރުން ވަނީ ޝަމީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މާބޮޑު އަސާސެއް ނެތް ގިނަ ތުހުމަތުތައް ވެސް ކުރެއްވި އެވެ. އެ މެންބަރުން ފުރުސަަތުގެ ބޭނުން ހިއްޕެވީ ޝަމީމަށް ފާޑުކިޔުން އަމާޒު ކުރައްވާ އެ މެންބަރުންގެ ހިތްޕުޅުގައި ޝަމީމާމެދު ދެކޭ ގޮތް ހާމަކުރުމަށެވެ. 

ބަހުސަށް ފަހު ވޯޓަށް އެހުމުގެ ކުރީން ވެސް އެމްޑީޕީގެ މެންބަރުން ވަނީ ޝަމީމްގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވޭތޯ ކަށަވަރު ކުރެއްވުމަށް އެދިފަ އެވެ. ވޯޓަށް އެހުމުގެ ކުރީން ރިޔާސަތުން ވަނީ އެކަން ޔަގީން ކުރައްވާފަ އެވެ.

ނާޒިމް ވިދާޅުވީ ޝަމީމްގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިފައި ނުވާކަން އެ އޮފީހުން ޔަގީން ކޮށްދޭ ކަމަށެވެ. އެހެން ކަމުން ޝަމީމް ވަކިކުރުމާމެދު ގޮތް ނިންމަން ވޯޓަށް އެހި އެވެ.

ހަތްދިހަ ހަ މެންބަރުން ހާޒިރުވި ޖަލްސާ ގައި 65 މެންބަރުން ވަނީ ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ފެންނަ ކަމަށް ވޯޓް ދީފަ އެވެ. ދެކޮޅަށް ވޯޓް ދިނީ ނުވަ މެންބަރުންނެވެ. އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓް ނުދީ އިނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.