ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުން ޝަމީމް އިސްތިއުފާ ދެއްވައިފި

ޝަމީމް ވަނީ މިރޭ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ މަޖިލީހުން ވަނީ ޝަމީމް މަގާމުން ވަކި ކުރައްވާފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް: ޝަމީމް މިރޭ ވަނީ އިސްތިއުފާ ދެއްވާފައި

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމް މިރޭ އިސްތިއުފާ ދެއްވައިފި އެވެ.

ޝަމީމް އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސް މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވާ ޝަމީމް ވަކިކުރުމާމެދު ތަޅުމުން ގޮތް ނިންމަން އެޖެންޑާ ކޮށްފައި ވަނިކޮށެވެ.

ޖަލްސާ އޮތީ މިރޭ 9:00 ގަ އެވެ. ޖަލްސާ ގައި ހަމައެކަނި އޮތީ ވެސް ޝަމީމް ވަކިކުރުމުގެ މައްސަލަ އެވެ. މަޖިލީހުގެ ދައުރު ދަންމާލީ ވެސް ސަރުކާރު މެންބަރުން އެކަން ކުރަން ބޭނުންވުމުންނެވެ.

ނުވަ ޖެހުމާއެކު ޖަލްސާ ފަށާ ޝަމީމް ވަކިކުރުމުގެ މައްސަލަ އިއްވާ ބަހުސް ވަނީ ފަށާފަ އެވެ.

ނަމަވެސް ޝަމީމް ވަނީ މަޖިލީހަށް އެ ފުރުސަތު ނުދެއްވާ މަގާމުން މިރޭ އިސްތިއުފާ ދެއްވާފަ އެވެ. ތުހުމަތުތަކަށް ސާފު ރައްދުތަކެއް ދެއްވުމަށް ފަހު އިސްތިއުފާގެ ސިޓީ ވަނީ ފޮނުއްވާފަ އެވެ. ނަމަވެސް އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ މަޖިލީހުގެ މިރޭގެ ޖަލްސާ ގައި ވަނީ ޝަމީމް މަގާމުން ވަކިކުރުމާމެދު ގޮތް ނިންމާފަ އެވެ.

އެ ވޯޓަށް އެހުމުގެ ކުރީން ރިޔާސަތު ގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ޝަމީމްގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިފައި ނުވާކަން އެ އޮފީހުން ޔަގީން ކޮށްދޭ ކަމަށެވެ. އެހެން ކަމުން ޝަމީމް ވަކިކުރުމާމެދު ގޮތް ނިންމަން ވޯޓަށް އެހި އެވެ.

ހަތްދިހަ ހަ މެންބަރުން ހާޒިރުވި ޖަލްސާ ގައި 65 މެންބަރުން ވަނީ ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ފެންނަ ކަމަށް ވޯޓް ދީފަ އެވެ. ދެކޮޅަށް ވޯޓް ދިނީ ނުވަ މެންބަރުންނެވެ. އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓް ނުދީ އިނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.