އޮސްޓްރޭލިއާ އާއި ގުޅުން ބަދަހި ކުރުމަށް މަދަނީ ޖަމިއްޔާއެއް

​​މި ޖަމިއްޔާގެ މަގުސަދަކީ އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެ އާއި ދެމެދު އޮންނަ މަދަނީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް އެހީތެރިވެ މިފަދަ ގުޅުންތައް ކުރިއަރުވާ، އިތުރަށް ތަރައްގީކޮށް، ފުޅާ ކޮށްދިނުމެވެ.

​​އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ފައުންޑާ މެންބަރުން: މި ބޭފުޅުންގެ އިތުރުން އައިމިނަތު ސޮލާހު ވެސް ފައުންޑާ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ

​​އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ނަމުގައި ޖަމިއްޔާއެއް އުފައްދާ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކޮށްފި އެވެ.

އެ ޖަމިއްޔާ އިން ބުނީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގައި އެ ޖަމިއްޔާ މިމަހު ކުރީކޮޅު ރަޖިސްޓްރީ ކޮށްފައިވާ ކަމަށާ އަދި ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކޮށްފައިވާ ކަމަށެވެ.

​​މި ޖަމިއްޔާގެ މަގުސަދަކީ އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެ އާއި ދެމެދު އޮންނަ މަދަނީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް އެހީތެރިވެ މިފަދަ ގުޅުންތައް ކުރިއަރުވާ، އިތުރަށް ތަރައްގީކޮށް، ފުޅާ ކޮށްދިނުމެވެ. މި ޖަމިއްޔާގެ ދަރިވަރުންނާއި ވޮލަންޓިއަރުންގެ ދެމެދު ހިންގޭ އެކްސްޗޭންޖް ޕޮރޮގްރާމްތަކާއި ކުޅިވަރު އަދި އެހެނިހެން ސަގާފީ އަދި އިޖްތިމާއީ ހަރަކާތްތަކާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްތައް ކުރިއަރުވާ ފުޅާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

​​އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ މުއައްސިސުންނަކީ؛

  •  ޑރ އިބްރާހިމް ހަސަން - ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު
  •  ޑރ. މަރިޔަމް ޝަކީލާ - ކުރީގެ ހެލްތް މިނިސްޓަރު
  •  ޑރ. މަރިޔަމް ޒުލްފާ - ކުރީގެ ޓޫރިޒަމް މިނިސްޓަރު
  •  ޑރ. އާރިފް މުހައްމަދު - މެޑިކަލް ޑޮކްޓަރެއް
  •  ޑރ. އާމިނަތު މުހައްމަދު ދީދީ - ފޮރިން ސާވިސްގެ ތަޖުރިބާކާރެއް
  •  އާމިނަތު ސަލާހް - ޒުވާން ވިޔަފާރިވެރިއެއް (ސީގަލްއާ ވޮއިޖަސްގެ އިސް ބޭފުޅެއް)
  •  ފައްޔާޒް މަންސޫރު - ގެޑޯގެ ފައުންޑާ / ވިޔަފާރިވެރިއެއް

އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ރައީސްގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ޑރ އިބްރާހިމް ހަސަން އެވެ. ނާއިބު ރައީސަކަށް އިންތިހާބުވީ އައިމިނަތު ސަަލާހް އެވެ. ހިންގާ ކޮމިޓީގައި ދެން ހިމެނެނީ ހަޒާންދާރު އަކާއި ސެކްރެޓަރީ ޖެނަރަލްއަކާއި އަދި އިތުރު ތިން މެންބަރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.