ބިދޭސީން ހިންގާ ކާބޯތަކެތި ތައްޔާރުކުރާ ބޮޑު އައްޑާއެއް ހުއްޓުވާ 10 މީހަކު ހައްޔަރު

އެ ތަނުން ގިނަ އަދަދަކަށް ހެދިކާގެ ބާވަތްތައް ތައްޔާރު ކުރެ އެވެ. ހެދިކާގެ ބައެއް ބާވަތްތައް ތައްޔާރު ކޮށް ތެއްލުމުގެ ކުރީން އެ ތަކެތީގައި މުންޑު ފަދަ ތަކެތި އަޅާފައި ހުއްޓާ ފެނެ އެވެ.

ބިދޭސީން ހިންގާ ކާބޯތަކެތި ތައްޔާރުކުރާ ބޮޑު އައްޑާއެއް ހުއްޓުވުން

ބިދޭސީން ހިންގާ ކާބޯތަކެތި ތައްޔާރުކުރާ ބޮޑު އައްޑާއެއް ހުއްޓުވާ ބަޔަކު ހައްޔަރު ކޮށްފި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ބިދޭސީން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަަސައްކަތްތަކުގެ ތެރެއިން ބިދޭސީން ހިންގާ ކާބޯތަކެތީގެ ވިޔަފާރިތައް ހުއްޓުވުމަށް އިމިގްރޭޝަނުން ހާއްސަ ސަމާލު ކަމެއް ދެ އެވެ.

އެފަދަ ތަންތަނަކީ ވަރަށް ނުތާހިރު ތަންތަނެވެ. އެ ތަންތަނުގައި ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދާ ފިހާރަތަކާއި ކަންމަތީ ހަޓްތަކާއި ހޮޓާ ފަދަ ތަންތަނަށް ގެންގޮސް ވިއްކަ އެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބަޔަކު ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުންގެ އެހީތެރި ކަމުގައި މި މަހުގެ 19 ވަނަ ދުވަހު ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ބިދޭސީން ހިންގާ ކާބޯތަކެތި ތައްޔާރުކުރާ ބޮޑު އައްޑާއެއް ހުއްޓުވުން

މި ރެއިޑުގައި މ. ތްރީ މޫން ކިޔާ ގެއެއް ބަލައި ފާސްކޮށް، އެތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 10 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އިމިގްރޭޝަނުން ވަނީ އެތަނުގެ ބައެއް ފޮޓޯތައް ވެސް އާންމު ކޮށްފަ އެވެ. އެއީ ވެސް ތާހިރުކަން ކުޑަ ތަނެކެވެ.

އެ ތަނުން ގިނަ އަދަދަކަށް ހެދިކާގެ ބާވަތްތައް ތައްޔާރު ކުރެ އެވެ. ހެދިކާގެ ބައެއް ބާވަތްތައް ތައްޔާރު ކޮށް ތެއްލުމުގެ ކުރީން އެ ތަކެތީގައި މުންޑު ފަދަ ތަކެތި އަޅާފައި ހުއްޓާ ފެނެ އެވެ.

ބިދޭސީން ހިންގާ ވިޔަފާރީގެ ނުފެންނަ ފަރާތް ހާމަވެ ދިވެހީން މިވަގުތު ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.