އާބަން ޑިވެލޮޕްމަންޓް ބިލަކީ ޑިމޮކްރަސީއަށް ދޭ ނުރައްކާތެރި ހަމަލާއެއް: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

އާބަން ޑިވެލޮޕްމަންޓް ބިލަކީ ޑިމޮކްރަސީއަށް ދޭ ނުރައްކާތެރި ހަމަލާއެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

ފައްޔާޒު ވިދާޅުވީ ފާއިތުވި ފަސް އަހަރު ލާމަރުކަޒީ ނިޒާމު ހަރުދަަނާކުރުމަށް އެމްޑީޕީން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އަދި އަބަދުވެސް އެ ޕާޓީން އެގޮތުގައި މަސައްކަތްކުރައްވަމުންގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލަރުންގެ ބާރު ކަނޑުވާލާ ލާމަރުކަޒީ ނިޒާމު ފުނޑާލަން ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދޭން ކުރެއްވުނު މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

"މުޅި ލާމަރުކަޒީ ނިޒާމު ފުނޑާލަން މި ސަރުކާރުން ކެނޑިނޭޅޅި މަސައްކަަތް ކުރާތަން އަޅުގަނޑުމެންނަށް މި ފެންނަނީ. އާބަން ޑިވެލޮޕްމަންޓް ޕްލޭންގެ ނަމުގައި މިހުށަހަޅާފަ އިން ބިލުގައި ހިމަނާފައިވާ އެންމެ މާއްދާއަކުން، އަޅުގަނޑުމެން ކައުންްސިލަރުންނަށް ވޭތުވެދިޔަ ފަސް އަހަރު ދީފައިވާ ހަގީގީ ބާރުވެރިކަމާއި މިިނިވަންކަން، އެއީ މާލީ ބާރުވެރިކަމާއި އިގުތިސޯދީ ކަންކަން ކަނޑައަޅަން ނިންމުމުގެ ބާރު އެއްކޮށް ނަގާނެ ބިލެއް. މިއީ ރައްޔިތުންނާ ހަމަޔަށް އަޅުގަނޑުމެން ދާންޖެހޭ ވަރުގެ ބިލެއް." އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މި ބިލަކީ ކަންބޮޑުވާންޖެހޭ ވަރުގެ ބިލއއް ކަމަށާއި މިއީ ދެއަތް އުރާލައިގެން ތިބެންވާ ވަރުގެ ބިލެއް ނޫން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގައި ކަައުންސިލަރުންގެ ރޯލު މުހިންމުކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމެންޓު ބިލުން ލޯކަލް ކައުންސިލުތަކުގެ ބާރަށް އަދި އިހުތިސާސަށް އެއްވެސް އުނިކަަމެއް ނާންނާނެ ކަމުގައި ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.