ޕީޖީ ވަކިކުރުން | ލައިވްކޮށްދޭން އެދިވަޑައިގެންފައި ވަނިކޮށް ކޮމިޓީ ސިއްރުކޮށްފި

ޝަމީމް ހާޒިރުކޮށް ޖަވާބުދާރީވާ ބައްދަލުވުން ސިއްރުކޮށްފައިވާއިރު، މި ބައްދަލުވުން ލައިވްކޮށްދޭން ޝަމީމްގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް: ޖަވާބުދާރީވާން ހާޒިރުކުރި ކޮމެޓީ ބައްދަލުވުން ވަނީ ސިއްރުކޮށްފައި --

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމުގެ އިތުބާރު ނެތްކަމަށް ކަނޑައަޅައި މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް ހާޒިރު ކުރާ ކޮމެޓީ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ޖަވާބުދާރީވުމަށް މިއަދު ޝަމީމް ކޮމެޓީއަށް ހާޒިރު ކުރަން ނިންމާފައިވާއިރު، ބައްދަލުވުން ފުރަތަމަ ފަށާފައި ވަނީ ޔޫޓިއުބްގައި ލައިވްކޮށްގެންނެވެ. ނަމަވެސް ޕީޖީއަށް އިހުތިރާމް ކުރުމުގެ ގޮތުން އެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

އޭނާ ވިދާޅުވެފައި ވަނީ މީގެ ކުރިން ޝަމީމް އަމިއްލައަށް މައުލޫމާތު ހިއްސާ ކުރުމަށް ވަޑައިގަތް އަޑުއެހުން ޕީޖީ އެދިގެން ސިއްރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި ބައްދަލުވުން ވެސް ސިއްރު ކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށެވެ. ނަސީމްގެ ހުށަހެޅުމަށް ވޯޓަށް ހުޅުވާލުމާއެކު ލައިވް ވަނީ މެދުކަނޑާލާފަ އެވެ.

ޝަމީމް ހާޒިރުކޮށް ޖަވާބުދާރީވާ ބައްދަލުވުން ސިއްރުކޮށްފައިވާއިރު، މި ބައްދަލުވުން ލައިވްކޮށްދޭން ޝަމީމްގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފަ އެވެ.

ޝަމީމް މިއަދު ހާޒިރުކޮށްފައިވާއިރު ބައެއް މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ހޯދުމަށްވެސް ކޮމެޓީން އޮތީ އެ އޮފީހުގައި އެދިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ޖިންސީ ގޯނާގެ ދައުވާތަކާއި، އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ކުރި ދައުވާތަކާއި ކުރީގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިންގެ ދައުވާތައް އަނބުރާ ގެނައި މައްސަލައިގެ ލިޔުންތައް ހޯދަން ވަނީ އެދިފަ އެވެ. 

އަދި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވާ ނިންމުންތަކާއި ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅެ، މުވައްޒަފުންނަށް ބޭރު ދަތުރުތައް ދީފައިވާ ގޮތުގެ ލިޔުންތައް ހޯދަން ވެސް އެދިފައިވެ އެވެ.

ނަމަވެސް މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމެޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ އިއްޔެގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެ ލިޔުންތައް ހުށަހަޅަން ބުނިނަމަވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

ޝަމީމް ވަކިކުރުމުގެ މައްސަލަ ކޮމެޓީން ބަލަމުން ދަނީ އޭނާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރުމަށްފަހު އެވެ. އެގޮތުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މައްސަލަތައް ފައިލްކޮށް، މައްސަލަތަކުގައި ވަކި ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. އަދި ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.