ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވެ އެކަކަށް އަނިޔާ

މި ހާދިސާގައި ދިވެއްސަކު ކޮންމެވެސް ވަރަކަށް ފިހި، ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ރޯވި ގުދަން -- ފޮޓޯ: އެމްއެންޑީއެފް

ކ. ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ކޮންޓްރޯލް ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށީގައި ހުރި ގުދަނެއްގައިި އަލިފާން ރޯވެގެން މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އެއްކޮށް ނިއްވައެއް ނުލެވެ އެވެ.

މި ހާދިސާގައި ދިވެއްސަކު ކޮންމެވެސް ވަރަކަށް ފިހި، ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އަނިޔާވި މީހާ މާލެ ގެނެސް، މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ގުދަނުގައި ހުރީ ވަރަށް ބޮޑަށް ރޯވެފަ އެވެ. އަދި ކައިރީގައި ހުރި އެކޮމޮޑޭޝަން ބްލޮކުތަކަށްވެސް އަލިފާނުގެ އަސަރު ކުރަމުންދާތަން ފެނެ އެވެ.

"މިރާ" އަށް އެނގިފައިވާ ގޮތުގައި ރޯވެފައިވަނީ މެރިންޑޯ އަދި ކޮކީ ޝޮޕްގެ ގުދަނުގައެވެ. ނަމަވެސް އަލިފާން ރޯވާާން ދިމާވި ސަބަބު މިހާތަނަށް ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.