އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ސައުދީ އައްޔަނު ކުރައްވައިފި

ސައުދީ އަކީ ކުރީން ފުލުހުންގެ ވެރިއެކެވެ. އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ވެސް ފުރުއްވި އެވެ.

އަހްމަދު ސައުދީ

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހއ. ހޯރަފުށީ، އަލިމަސްގެ އަހްމަދު ސައުދީ އައްޔަނު ކުރައްވައިފި އެވެ.

ސައުދީ އެ މަގާމަށް އައްޔަނު ކުރެއްވީ އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޒިޔާދު، އެ މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ.

އެ ނިންމުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުން މިހާރު ވަނީ ރަސްމީކޮށްފަ އެވެ.

އެ ބޯޑުން ބުނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހ. ލައިނޫފަރު މުހައްމަދު ޒިޔާދު ވަކިކުރައްވާފައިވާ ކަމަށެވެ. އަދި އެ މަގާމަށް ހއ. ހޯރަފުށީ، އަލިމަސްގެ އަހްމަދު ސައުދީ އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

ސައުދީ އަކީ ކުރީން ފުލުހުންގެ ވެރިއެކެވެ. އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ވެސް ފުރުއްވި އެވެ. ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ސައުދީ ވަނީ ސިޓީ ކައުންސިލްގެ އިސް މަގާމަކަށް ވެސް އައްޔަނު ކުރައްވާފަ އެވެ.

އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ޒިޔާދު އައްޔަނު ކުރެއްވީ ނޮވެންބަރު 23، 2023 ގަ އެވެ. ޒިޔާދަކީ ކުރީން ދެ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. ބައެއް މިނިސްޓްރީތަކުގެ އެހެން ބައެއް އިސް މަގާމުތައް ވެސް ފުރުއްވާފައިވެ އެވެ.

ޒިޔާދު މަގާމުން ވަކިކުރައްވަން ނިންމާފައިވާ ކަމުގެ އަޑު ފެތުރިފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ރާއްޖޭގެ އުމްރާނީ ތަރައްގީގައި މުހިންމު ދައުރެއް އޮތް އެމްޓީސީސީން ބުނި ގޮތުގައި ކުރީ ސަރުކާރު ނިމުނު އިރުގައި ކުންފުނި އޮތީ 954 މިލިއަން ރުފިޔާއަށް ދަރަ އެވެ. އަދި އެކި ފަރާތްތަކުން ކުންފުންޏަށް ދައްކަން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.