‏އެމްޓީސީސީގެ ސީއީއޯގެ މަގާމުން ޒިޔާދު ވަކިކޮށްފި

ޒިޔާދު މަގާމުން ވަކިކުރައްވަން ނިންމާފައިވާ ކަމުގެ އަޑު ފެތުރިފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔާދު، ފޮޓޯ: އެމްޓީސީސީ
  •  ޒިޔާދަށް ދެއްވީ އެންވައިރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން

އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޒިޔާދު، އެ މަގާމުން ވަކި ކުރައްވައިފި އެވެ.

ސަރުކާރުގެ އިސްވެރިއަކު ވަނީ އެކަން "ދަ މިރާ" އަށް ޔަގީން ކޮށް ދެއްވާފަ އެވެ. ޒިޔާދު މަގާމުން ވަކިކުރެއްވީ އެކަށީގެންވާ މިންވަރަށް ޕާފޯމްސް ނުކުރެވޭތީ ކަމަށް ވެ އެވެ.

ޕީސީބީން ވެސް ފަހުން ވަނީ އެކަން އިއުލާނު ކޮށްފަ އެވެ.

ސަރުކާރުން ބުނީ ޒިޔާދު އެންވައިރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ޒިޔާދު އައްޔަނު ކުރެއްވީ ނޮވެންބަރު 23، 2023 ގަ އެވެ. ޒިޔާދަކީ ކުރީން ދެ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. ބައެއް މިނިސްޓްރީތަކުގެ އެހެން ބައެއް އިސް މަގާމުތައް ވެސް ފުރުއްވާފައިވެ އެވެ.

ޒިޔާދު މަގާމުން ވަކިކުރައްވަން ނިންމާފައިވާ ކަމުގެ އަޑު ފެތުރިފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. 

ރާއްޖޭގެ އުމްރާނީ ތަރައްގީގައި މުހިންމު ދައުރެއް އޮތް އެމްޓީސީސީން ބުނި ގޮތުގައި ކުރީ ސަރުކާރު ނިމުނު އިރުގައި ކުންފުނި އޮތީ 954 މިލިއަން ރުފިޔާއަށް ދަރަ އެވެ. އަދި އެކި ފަރާތްތަކުން ކުންފުންޏަށް ދައްކަން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.