މަސްދަޅު އުފައްދާ ސާމާނު އަމިއްލަ ކުންފުނިތަކާ ގުޅިގެން ބަލްކޮށް ގެންނަނީ

މި ބަދަލާއެކު މަސް ދަޅު އުފައްދަން ބޭނުންވާ ސާމާނު ބަލްކްކޮށް ރާއްޖެއަށް ގެނައުމުން އަގުހެޔޮ ވެގެންދާނެ އެވެ.

މިފްކޯ އިން ވިއްކާ ފެލިވަރު މަސް ދަޅު

ރާއްޖެއަށް ބޭނުންވާ ވަރަށް މަސްދަޅު އުފައްދާ ސާމާނު އަމިއްލަ ފަރާތްތަކާ ގުޅިގެން ބަލްކް ޕްރޮކިއުކޮށް ގެންނަން ނިންމައިފި އެވެ. 

މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ބެހޭ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތޮލިބް ވިދާޅުވީ މަސްދަޅު އުފައްދަން ބޭނުންވާ ސާމާނު އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރަން ނިންމާފައިވާ ކަމަށާ މިކަމުގެ ސަބަބުން މިތަކެތި ރާއްޖެއަށް ލިބޭ އަދަދު އަގު ހެޔޮވެގެންދާނެ އެވެ. 

"މިކަމަށް ޕްރައިވެޓް ސެކްޓާއާއެކު މިދަނީ މަޝްވަރާ ކުރަމުން. މިގޮތަށް ގެނައީމަ އެބަލިބޭ ދެ ފައިދާއެއް. އެއް ފައިދާއަކީ މަސްދަޅު އުފައްދަން ބޭނުންވާ ސާމާނު ރާއްޖެ އަށް ބޭނުންވާ ވަރަށ ބަލްކްކޮށް ލިބުން. މިގޮތަށް ގެނައުމުން އެ ތަކެތީގެ އަގު ހެޔޮ ވެގެންދޭ،" މުއްތޮލިބު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި މި ބަދަލާއެކު މަސް ދަޅުގެ އަގު ހެޔޮ ކުރަން ވެސް ފުރުސަތު ފަހި ވެގެންދާނެ އެވެ. 

މަސް ދަޅު އުފައްދަން ބޭނުން ކުރާ ދަޅު ބަންދު ކުރާ ބާވަތްތަކާއި ދަޅަށް އަޅާ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ވަނީ ބޮޑުވެފަ އެވެ. މިކަމުގެ ސަބަބުން ރާއްޖެ އަށް ގެންނަ ސާމާނުގެ އަގު ބޮޑުވުމަކީ މި ސިނާއަތުގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ޝަކުވާއެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.