އުފާވެރި ހަބަރެއް؛ އަލީބާބާގެ ޓްރެވަލް ކުންފުނީގެ އަމާޒަކީ ބުކިންގެ ބޮޑުބައި ރާއްޖެއަށް އަނބުރާލުން

އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ފޯކަސް ހުރީ ޗައިނާގެ ގިނަ ބަޔަކު ރާއްޖެއަށް ގެނައުމަށެވެ. އެކަމަށްޓަކައި ގިނަ ކެމްޕޭންތަކެއް ހިންގާނެ އެވެ.

އަލީބާބާގެ ޓްރެވަލް ކުންފުނި ފްލިގީގެ ފަރާތުން މައުލޫމާތު ދެނީ -- ޓީޓީއެމް

އަލީބާބާ ޓްރެވަލް ކުންފުނި ފްލިގީ ނުވަތަ "އަލީޓްރިޕް" ގެ އަމާޒަކީ އެ ވެބްސައިޓު މެދުވެރިކޮށް ޗައިނާއިން ބޭރަށް ހަދާ ބުކިންގެ 90 ޕަސެންޓް ރާއްޖެއަށް އަނބުރާލުން ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ޓީޓީއެމްގައި ޗައިނާގެ މަޝްހޫރު ޓްރެވަލް ބުކިން ވެބްސައިޓް ފްލިގީގެ ޕްލޭންތަކާ ބެހޭ ގޮތުން ދިން ޕްރެޒެންޓޭޝަންގައި އެ ކުންފުނީގެ ސީނިއަ އޮފިޝަލެއް ކަމަށްވާ ލީޔަންގް ވިދާޅުވި ގޮތުގައި އެ ވެބްސައިޓަކީ ޗައިނާގައި އެންމެ މަގުބޫލު އެއް އޮންލައިން ޓްރެވަލް ވެބްސައިޓް ކަމަށާ އެ ކުންފުނީގެ އަމާޒަކީ ބުކިންގެ ބޮޑުބައި ރާއްޖެ އަށް އަނބުރާލުމެވެ. 

އޭނާ އިތުރަށް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ އިސްވެރިން ޗައިނާ އަށް ވަޑައިގެން އެމްއެމްޕީއާރުސީއާއެކު ސޮއިކުރި އެމްއޯޔޫއާއެކު ރާއްޖެ އަށް ގިނަ ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ޔަގީން ކުރަނީ [ފްލިގީ] އާއެކު ސޮއިކުރި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އެޅިގެން ދިޔަ ފާލަމަކަށްވާނެ ކަމަށް. މި މަސައްކަތާއެކު ޗައިނާ އިން ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނައުން،" ލީޔަންގް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީއާއެކު އުފެދުމުގެ ގުޅުމުގެ ސަބަބުން އެ ޕްލެޓްފޯމްއާ ދެމެދު ޓިޖިޓަލް ޕްލެޓްފޯމްތަކުގައި ރާއްޖެ އިސްތިހާރު ކުރުން ވެސް ވަރުގަދަ ވެގެންދާނެ އެވެ. 

ފްލިގީ - ފްލިގީ އަކީ ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމުގެ އިތުރުން، ޗުއްޓީ ހޭދަކުރަން ހިތްގައިމު ޤުދުރަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރާނެ އެވެ. އަދި މުހިއްމު މާކެޓެއްގެ ގޮތުގައި ރާއްޖޭގެ މާކެޓް ޕޮޒިޝަން ދެމެހެއްޓުމަށް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވާނެއެވެ. ފްލިގީ ބޭނުންކުރާ މީހުންގެ އަދަދު 300 މިލިއަނަށްވުރެ ގިނަ އެވެ. އަދި މި ކުންފުނި މެދުވެރިކޮށް 400 އެއާލައިންއަކުން ދަނީ ހިދުމަތް ދެމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.