މިނިސްޓަރު ފައިސަލް ޓީޓީއެމް ފެއާ ހުޅުއްވައި ދެއްވައިފި

މިނިސްޓަރު ވަނީ ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރުމުގައި ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރު ކުންފުނިތަކުން ކުރަންދާ ބުރަ މަސައްކަތް ފާހަގަ ކުރައްވާފަ އެވެ.

ޓީޓީއެމް ފެށުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވާހަކަ ދައްކަވަނީ -- ޓީޓީއެމް

ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ހުޅުއްވައި ދެއްވައިފި އެވެ. 

މިއަދާއި މާދަމާ މާލެ، މީރުމާގައި ކުރިއަށްދާ ރާއްޖޭގައި ފެށި ފުރަަތަމަ އަދި އެންމެ ބޮޑު ޓޫރިޒަމް ފެއާ ހުޅުވައި ދެއްވުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވާހަކަ ދެއްކެވި އެވެ. މިނިސްޓަރުގެ ވާހަކަފުޅުމުގައި ރާއްޖޭގެ ޓޫރިޒަމް މިހާރު ކުރިއަރައިގެންދާ ގޮތާއި ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރުމަށް ގެންގުޅުއްވާ ޕްލޭންތަކާއި ހުޅުވާލާނެ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދެއްކެވި އެވެ. 

މިނިސްޓަރު ވަނީ ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރުމުގައި ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރު ކުންފުނިތަކުން ކުރަންދާ ބުރަ މަސައްކަތް ފާހަގަ ކުރައްވާފަ އެވެ. 

"ރާއްޖެއަކީ މަތީ ފަންތީގެ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ކުރާ ބުރަ މަސައްކަތް ފާހަގަ ކުރަން،" ފައިސަލް ވިދާޅުވި އެވެ. 

މި އަހަރުގެ ޓީޓީއެމް ފެއާގައި ރާއްޖޭގެ ހުރިހާ ރިސޯޓެއްހެން ބައިވެރިވި އެވެ. މި އަހަރުގެ ފެއާގައި ވެސް 200 އަށްވުރެ ގިނަ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރު ކުންފުނިން ބައިވެރިވި އެވެ. ޓީޓީއެމް ފެއާގެ އެންމެ ވަރުގަދަ އިވެންޓް މާދަމާ ރޭ އޮންނާނީ ހުދުރަންފުށީގަ އެވެ. 

ސަރުކާރުގެ މާކެޓިން ކުންފުނި، އެމްއެމްޕީއާރުސީގެ އިތުރުން އަމިއްލަ ގިނަ ކުންފުނިތަކުން ބައިވެރި މި އަހަރުގެ ޓީޓީއެމް ފެއާ ކުރިއަށްދިޔަ ދެ ދުވަހު ގާތްގަނޑަކަށް 1،200 މީހުން ވަނީ ބައިވެރިވެފަ އެވެ. ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް ކުންފުނިތަކާއެކު ކުރިއަށް ގެންދިޔަ މީޓިންތަކުން މިއަހަރު ޓޫރިޒަމަށް ބިލިއަނެއްހާ ޑޮލަރުގެ އެއްބަސްވުން ހަދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. 

ޓީޓީއެމް ފެށި މަގުސަދު - ޓީޓީއެމް ފެއާއާއި ޓީޓީއެމް ގާލާ ނައިޓްއަކީ މި ސިނާއަތުގައި ރާއްޖޭގައި ބާއްވާ އެންމެ ޕްރެސްޓީޖް އެއް އިވެންޓެވެ. މި އިވެންޓުގައި ޓޫރިޒަމް ސިނާއަތަށް ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުން އޮވެ އެވެ. ޓީޓީއެމް ފެއާ 2017 ގައި ފެށީ ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާގެޓެއް ކަނޑައަޅައިގެންނެވެ. ކޮވިޑަށްފަހު ޓޫރިޒަމް ދަށްވުމަށްފަހު މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމާ ދިމާލަށް ވަނީ ދަތުރު ފަށާފަ އެވެ. މިހާރު ޓޫރިޒަމް އާމްދަނީ ވަނީ ހަތަރު ބިލިއަން ފަހަނަ އަޅާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.