ޝަމީމަށް ހަމަލާ ދިން މައްސަލަ: ދައުވާ ކުރަން ފޮނުވި މީހުންގެ ވަނަވަރު ނެރެފި

މީގެ ތެރޭގައި ހިމެނެނީ ވަރަށް ޒުވާން އުމުރުގެ މީހުންނެވެ. އެއީ 21 އަހަރުގެ ދެ މީހަކާއި 22 އަހަރުގެ ދެ މީހަކާއި 23 އަހަރުގެ ދެ މީހަކާއި 24 އަހަރުގެ މީހެކެވެ.

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި މީހުންގެ ވަނަވަރު (ފޮޓޯގައި) އާންމުކޮށްފި އެވެ.

މިދިޔަ ޖެނުވަރީ މަހުގެ 31 ވަނަ ދުވަހު ހެނދުނު ކަސްރަތަށް ނުކުމެ އުޅުއްވަނިކޮށް ސައިކަލެއްގައި އައި ދެ މީހަކު ވަނީ މަރުތޭލަކުން ޝަމީމަށް ހަމަލާ ދީފަ އެވެ. ހަމަލާ އަމާޒުވީ ޝަމީމްގެ އަތަށެވެ. އެ ހަމަލާއާ ގުޅިގެން ޝަމީމްގެ އަތުގެ ކަށިގަނޑުގައި ވަނީ ރެނދެއް އަޅާފަ އެވެ.

މި މައްސަލައިގައި އެކި ދުވަސް މަތިން ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު، ހަތް މީހުންގެ މައްޗަށް ދައުވާ ކުރުމަށް މިދިޔަ އާދީއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި ހަތް މީހުންގެ ވަނަވަރު ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެއީ؛

    މީގެ ތެރޭގައި ހިމެނެނީ ވަރަށް ޒުވާން އުމުރުގެ މީހުންނެވެ. އެއީ 21 އަހަރުގެ ދެ މީހަކާއި 22 އަހަރުގެ ދެ މީހަކާއި 23 އަހަރުގެ ދެ މީހަކާއި 24 އަހަރުގެ މީހެކެވެ.

    ޝަމީމަށް ހަމަލާ ދިން ދެ މީހުން ތިބީ މޫނު ނިވާކޮށްގެން އެއީ ކޮން ބައެއްކަން ނޭންގޭ ގޮތަށް ހަދައިގެންނެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ އެ ދެ މީހުން ކަމަށްވެ އެވެ. ޝަމީމަށް ހަމަލާ ދިނީ ރާވައިގެން، ފާރަލައިގެން ތިބުމަށްފަހު އެވެ. މި ހާދިސާ ހިނގުމާއެކު ޝަމީމްގެ ސެކިއުރިޓީ ވަރުގަދަ ކުރި އެވެ.

    އަނެއްކޮޅުން މަޖިލީހުން މިހާރު ދަނީ ޝަމީމް މަގާމުން ވަކި ކުރުމަށް ތައްޔާރު ވަމުންނެވެ. ސަރުކާރު މެންބަރުން އިސްވެ ފެށި މި މަސައްކަތް އަންނަ ހަފްތާގައި ނިންމާ ޝަމީމް މަގާމުން ވަކި ކުރާނެ ކަމަށް ބެލެވެ އެވެ.

    ކޮމެންޓް

    0
    450

    މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

    Newsroom
    Phone: 7819333
    Email: news@themirror.mv
    Marketing
    Phone: 7399333
    Email: marketing@themirror.mv
    H. Fairlin, Bodu thakurufaanu magu, Male
    Republic of Maldives
    © 2024 Mi. All rights reserved.