މައުމޫންގެ ޝަރީއަތް ފަށައިފި، އޭނާ އެދުނީ ޕާސްޕޯޓް ދޫކޮށްދޭން

މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ވަދެފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އޭނާގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލާފައިވެ އެވެ.

ގޭސް ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫން މިއަދު ކްރިމިނަލް ކޯޓުގައި --

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސްގެ ގޭހުގެ މެނޭޖިން ޑިރެކްޓަރުކަށް ހުންނެވި އަބްދުﷲ މައުމޫންގެ މައްޗަށް ދައުވާ ކޮށްފައިވާ ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

މައުމޫންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އޭނާ އާއި އޭނާގެ އާއިލީ ބައެއް ފަރާތްތަކަށް އަދި އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓާނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާ ގައެވެ.

މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ވަދެފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އޭނާގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލާފައިވެ އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައިވާއިރު، ބައެއް ލިޔެކިޔުންތައް ހަމަނުވާތީ ދައުވާ ސާފުކޮށްދީ އަދި ޖަވާބުދާރީވެފައެއް ނުވެ އެވެ. އެހެންނަމަވެސް މިހާރު ހިފަހައްޓާފައިވާ މައުމޫންގެ ޕާސްޕޯޓް ދެ ހަފްތާއެއްހާ ދުވަހަށް ދޫކޮށްދިނުމަށް އެދިފައިވެ އެވެ.

އޭނާގެ ދިފާއީ ވަކީލް ނޫރުލްސަލާމް ވިދާޅުވީ މައުމޫން އާއި އޭނާގެ އާއިލާ ދިރިއުޅެމުން ދަނީ ދުބާއީގައި ކަމަށާއި، އޭނާ ކޮންމެހެން އެ ގައުމަށް ގޮސްގެން ކުރަން ޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ކުދިންގެ ސްކޫލު ބަދަލު ކުރުމުގެ ބައެއް ކަންކަމުގައި މައުމޫން ކޮންމެހެން ދާނެ ޖެހިފައިވާ ކަމަށެވެ. އަދި، މި ދަތުރުގެ މައިގަނޑު މަގުސަދަކަށް ވާނީ ކުދިންނާއި އާއިލާ ރާއްޖެ ބަދަލު ކުރުން ކަމުގައި ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

މިކަމާ ގުޅިގެން ދައުލަތުން ބުނެފައި ވަނީ މައުމޫންގެ ޕާސްޕޯޓް ހިފަހައްޓަފައި ވަނީ އޭނާ ތަހުގީގުގައި އަމަލުކޮށްފައިވާ ގޮތުން ކަމަށެވެ. މައްސަލައިގެ ދައުވާ ކުރިއިރުވެސް އޭނާ އުޅެމުން ދިޔައީ ރާއްޖޭން ބޭރުގައި ކަމަށާއި، ފުލުހުން މެދުވެރިކޮށް އިންޓްޕޯލް ރެޑްނޯޓިސް ނެރުމުގެ މަސައްކަތް ވެސް ފެށި ކަމަށެވެ. އޭގެ އިތުރުން، ޒަރޫރީ ބޭނުމަކަށް ރާއްޖޭން ބޭރަށް ދާން ޖެހޭ ކަމުގެ އެއްވެސް ހެއްކެއް ނުވަތަ ލިޔުމެއް ވެސް އޭނާގެ ފަރާތުން ދައްކާފައި ނުވާކަމަށް ދައުލަތުން ބުންޏެވެ.

ނަމަވެސް މައުމޫން ވިދާޅުވީ ދައުވާ ކުރުމާއެކު އޭނާ ރާއްޖެ އައިސްފައިވާ ކަމަށެވެ. ދައުވާ ކުރިކަން އެނގުމާއެކު ވަގުތުން ދިފާއީ ވަކީލުން ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށާއި، އޭނާ އަކީ ޝަރީއަތަށް ފިލާނެ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަތައް އެއްސެވުމަށްފަހު ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ ޕޯސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖާ ކުރުމަށް، ރާއްޖޭން ބޭރަށް ދާން ޖެހޭކަން އެނގޭ ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުމަށެވެ. އޭގެ ފަހުން ދެން އޮންނަ އަޑުއެހުމެއްގައި އެކަމަށް ގޮތެއް ނިންމަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މައުމޫންގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، ފުލުހުން ދަނީ އޭނާގެ މައްޗަށް މަނީލޯންޑަރިންގެ ތަހުގީގެއް ވެސް ހިންގަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.