ގުދަނެއް ފަޅާލައި ޓީވީއެއް ވަގަށްނެގި ދެ މީހަކު ޖަލަށް

މި މައްސަލައިގައި ދައުލަތުން ކުރި ދައުވާއަށް މި ދެ މީހުންވެސް ވަނީ އިިންކާރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓްގެ ނަންބޯޑް

މާލޭގައި ހުންނަ އޭޖޭއީ އެމްޕޯރިަމްގެ ގުދަން ފަޅާލައި ޓީވީއެއް ވަގަށްނެގި ދެ މީހަކު ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި ޓީވީ ވަގަށް ނެގި މައްސަލައިގައި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ސާބިތުވެ، ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ ލ. މާވަށް، ޗަންޕާގެ، މުހައްމަދު އަލީ އާއި ތ. ތިމަރަފުށި، ކަށިކެޔޮމާގެ، ރިޝާާމް މުހައްމަދުގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ 2021 ވަނަ އަހަރުގެ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ދަންވަރު 3:52 ގައި ކެނެރީމަގުގައި ހުންނަ އޭޖޭއީ އެމްޕޯރިއަމްގެ ގުދަން ފަޅައި އެ ގުދަނުގެ ތެރޭގައި ހުރި "55 ޓީވީއެއް ވަގަށް ނަގާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ކުރި ދައުވާއަށް މި ދެ މީހުންވެސް ވަނީ އިިންކާރުކޮށްފައެވެ. އެހެން ނަމަވެސް މި ދެ މީހުންނާ ދެ ކޮޅަށް ގިނަ ހެކިތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން އޭޖޭއީ އެމްޕޯރިއަމްގެ ވެރިންނާއި ފުލުހުންގެ ހެކިބަސް ވަނީ ހުށަހަޅާފައެވެ.

މި ދެ މީހުން ދައުވާއަށް އިންކާރު ކުރުން ފިޔަވައި ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އެހެން ކަމުން އޭޖޭއީ އެމްޕޯރިއަމްގެ ގުދަން ފަޅާލައި އެތަނު ގައި ހުރި ސެމްސަންގް ބްރޭންޑުގެ ޓިވީއެއް ވަގަށް ނަަގާފައިވާ ކަމަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އަދިި އެ ޓިވީގެ އޭރުގެ އަގަކީ 10،000 ރުފިޔާ ކަމަށާއި އެ ވަގަށް ނަގައިގެން ދިޔަތާ ގިނަ އިރުތަކެއް ނުވެ ފުލުހުން އެ ދެ މީހުން ހައްޔަރުކޮށް ޓިވީ އެ ފިހާރައިގެ ވެރިންނާއި ހަވާޅުކޮށްފައިވާ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި މި ދެ މީހުންގެ އަދަބަކީ ނުވަ މަހާއި 18 ދުވަހު ޖަލުހުކުމެއް ކަމަށް ކުރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބު އިއްވެވި ހުކުމް ގައިވެ އެވެ. މީގެ ތެރެއިން ރިޝާމް މި މައްސަލައިގައި 29 ދުވަސް ޖަލުގައި ހޭދަ ކޮށްފައިވާތީ މި މުއްދަތު ހުކުމުން ވަނީ އުނިކޮށްފައެވެ. އެހެން ކަމުން އޭނާ ދެން ޖަލުގައި ހޭދަކުރަންޖެހެނީ އަށް މަހާއިި 11 ދުވަހެވެ. މި ދެ މީހުންވެސް އަދަބު ލުއިކޮށްދިނުމަށް އެދިފައިވީނަމަވެސް މި މައްސަލައިގައި އަޑުއެހުންތަކަށް ދެ މީހުން ކޯޓަށް ހާޒިރުވެފައިނުވާތީ އަދަބު ލުއިކޮށްދެވެން ނެތް ކަމަށް ގާޒީ ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން މުހައްމަދު އަލީ އެހެން ކުށެއްގައި ދަނީ ހުކުމް ތަންފީޒު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.