ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރަނީ

"ރައީސް އޮފީހުގެ އިސްނެންގެވުމުގެ ތެރެއިން ސަރުކާރުގެ ވުޒާރާތަކާ މަޝްވަރާކޮށްގެން އެހެން ތަނަކަށް މިހާރު ހުރި ސެޓަޕް ބަދަލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިވަނީ ރާވާފަ،" އަބްދުއްރައްޒާގް ވިދާޅުވި އެވެ.

ވިލިމާލެ ހޮސްޕިޓަލް: ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރަން ވަނީ ނިންމާފައި --

ވިލިމާލެ ހޮސްޕިޓަލް ހުރި ބިމުގައި އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފަށަންވެގެން އެ ހޮސްޕިޓަލްގެ ހިދުމަތްތައް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފި އެވެ.

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅަން ނިންމާފައިވާ ހޮސްޕިޓަލެކެވެ.

މާލެ ސަރަހައްދުގައި ހިމެނޭ ސަރުކާރު ހޮސްޕިޓާތައް ހިންގާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް މިއަދު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލް އަޅަން ނިންމާފައި ވަނީ މިހާރު އެތަން ހުރި ބުމުގައި ކަމަށެވެ. 

އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފަށާއިރު، ވިލިމާލެއިން ސިއްހީ ހިދުމަތް މެދުކެނޑޭ ގޮތަށް އަމަލު ނުކުރައްވާނެ ކަމަށާއި އެހެންކަމުން ވަގުތީ ގޮތުން އެތަން އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް އޮފީހުގެ އިސްނެންގެވުމުގެ ތެރެއިން ސަރުކާރުގެ ވުޒާރާތަކާ މަޝްވަރާކޮށްގެން އެހެން ތަނަކަށް މިހާރު ހުރި ސެޓަޕް ބަދަލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިވަނީ ރާވާފަ،" އަބްދުއްރައްޒާގް ވިދާޅުވި އެވެ.

ނަމަވެސް ވަގުތީ ގޮތުން ހޮސްޕިޓަލް ބަދަލު ކުރާނެ ވަކި ތަނެއް އޭނާ ހާމައެއް ނުކުރެ އެވެ.

ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރަން ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހަދަން ޗައިނާ ސަރުކާރާއިއެކު ލެޓާ އޮފް އެކްސްޗޭންޖްގައި ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ. މި ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް ފަށާނީ އަންނަ އަހަރު އެވެ.

އެ ރަށުގައި އަޅާ އެ ހޮސްޕިޓަލް ވެގެން ދާނީ ވިލިމާލޭގެ ރައްޔިތުންނަށް މާލެ ނުގޮސް ރަނގަޅު ސިއްހީ ހިދުމަތްތަކެއް ލިބިގެންދާނެ ހޮސްޕިޓަލަކަށެވެ. އަދި އެ ހޮސްޕިޓަލް ތަރައްގީ ކުރަނީ ގިނަ ހިދުމަތްތަކެއް ވެސް ލިބޭ ގޮތަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.