ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފި

ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު، ހަތް މީހުންގެ މައްޗަށް ދައުވާ ކުރުމަށް މިދިޔަ އާދީއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި ހަތް މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: ހަމަލާ ދިން މައްސަލައިގައި ހަތް މީހަކަށް ދައުވާ ކުރަން ވަނީ ފޮނުވާފައި --

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ހަތް މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

މިދިޔަ ޖެނުވަރީ މަހުގެ 31 ވަނަ ދުވަހު ހެނދުނު ކަސްރަތަށް ނުކުމެ އުޅުއްވަނިކޮށް ސައިކަލެއްގައި އައި ދެ މީހަކު ވަނީ މަރުތޭލަކުން ޝަމީމަށް ހަމަލާ ދީފަ އެވެ. ހަމަލާ އަމާޒުވީ ޝަމީމްގެ އަތަށެވެ. އެ ހަމަލާއާ ގުޅިގެން ޝަމީމްގެ އަތުގެ ކަށިގަނޑުގައި ވަނީ ރެނދެއް އަޅާފަ އެވެ. 

މި މައްސަލައިގައި އެކި ދުވަސް މަތިން ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު، ހަތް މީހުންގެ މައްޗަށް ދައުވާ ކުރުމަށް މިދިޔަ އާދީއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި ހަތް މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ޝަމީމަށް ހަމަލާ ދިން ދެ މީހުން ތިބީ މޫނު ނިވާކޮށްގެން އެއީ ކޮން ބައެއްކަން ނޭންގޭ ގޮތަށް ހަދައިގެންނެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ އެ ދެ މީހުން ކަމަށްވެ އެވެ. ޝަމީމަށް ހަމަލާ ދިނީ ރާވައިގެން، ފާރަލައިގެން ތިބުމަށްފަހު އެވެ. މި ހާދިސާ ހިނގުމާއެކު ޝަމީމްގެ ސެކިއުރިޓީ މިހާރު ވަނީ ވަރުގަދަ ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.