ރޭ ކުރި ވިއްސާރާގައި އުތުރު ހަތަރު ރަށެއްގެ 65 ގެއަކަށް ގެއްލުންވެއްޖެ

ރޭ ކުރި ވިއްސާރާގައި އެންމެ ގިނަ ގެތަކަށް ގެއްލުންވީ އުތުރުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށްކަމަށްވާ ކުޅުދުއްފުށީ ސިޓީންނެވެ.

ފެން ބޮޑުވެފައިވާ ރަށެއްގައި ފެން ހިއްކުމުގެ މަސައްކަތްކުރަނީ

ރޭ ރާއްޖޭގެ އުތުރަށް ކުރި ވިއްސާރާގައި ހަތަރު ރަށެއްގެ 65 ގެއަކަށް އެކިވަރުގެ ގެއްލުން ވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ. 

އެންޑީއެމެއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އުތުރުގެ އަތޮޅުތަކަށް އިއްޔެ ކުރި ވިއްސާރާގައި ހދ.ކުޅުދުއްފުއްޓާއި، ހއ.ހޯރަފުއްޓާއި، ށ.ފީވަކާއި، ށ ނޫމަރާގެ ގެތަކަަށް ގެއްލުން ވެފައިވާ ކަމަށެވެ. 

ރޭ ކުރި ވިއްސާރާގައި އެންމެ ގިނަ ގެތަކަށް ގެއްލުންވީ އުތުރުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށްކަމަށްވާ ކުޅުދުއްފުށީ ސިޓީންނެވެ. އެ ސިޓީގެ 57 ގެއަކަށް ފެންވަދެގެއްލުން ވެފައިވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އެ އިދާރާއިން ބުނި ގޮތުގައި އެއިން 3 ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރި އެވެ. 

ހއ.ހޯރަފުށީގެ ދެ ގެއަކަށް އަދި ށ.ފީވަގުން ފަސް ގެއަކަށް ފެން ވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެ އެވެ. 

ރޭ އުތުރުގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވިއްސާރަވެ ފެންބޮޑުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރި އެވެ. އެ އިދާރާއިންވަނީ ރޭ 8:30 އިން ފެށިގެން 10:30 އަށް އޮރެންޖު ސަމާލު ނެރެފަ އެވެ. އަދި ރޭ 8:15 އިން ދަންވަރު 1:00 އާ ދެމެދު ގުގުރައި ވިއްސާރަކުރާނެ ކަމުގައި ލަފާކުރެވޭތީ ރީނދޫ ސަމާލުވެސް ނެރުނެވެ. 

މިއަދު ހެނދުނު ހަތެއް ޖެހުމާ ހަމައަށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.