އޯއައިސީގެ ފިގުހު އެކަޑަމީގެ މެންބަރުކަން ޑރ.ޝަހީމަށް

ޑރ.ޝަހީމު އޯއައިސީގެ ފިގުހު އެކަޑެމީގެ މެންބަރުކަމަށް އައްޔަންކުރީ އެ އެކަޑެމީގެ އިދާރީ ބައްދަލުވުމެއްގައި މި މަހުގެ އަށްވަނަ ދުވަހު ނިންމައިގެންނެވެ.

އޯއައިސީގެ ފިގުހު އެކަޑެމީގެ މެންބަރުކަމަށް ޑރ.ޝަހީމު އައްޔަންކުރަން ނިންމީ މިމަހުގެ އަށްވަނަ ދުވަހު

އިސްލާމީ ދައުލަތްތައް ޝާމިލުވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޖަމްއިއްޔާ ކަމުގައިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފިގުހު އެކަޑެމީގެ މެންބަރުކަމަަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފި އެވެ. 

އޯއައިސީގެ ފިގުހު އެކަޑެމީއަކީ އެއިރެއްގައި އިސްލާމީ އުންމަތަށް ކުރިމަތިވާ ބޮޑެތި މައްސަލަތަކާއި، މުޅިން އަލށް އުފެދޭ ތަފާތު އެކި ކަންކަމާ ގުޅޭ ގޮތުން އިސްލާމީ ފިގުހުގެ އަލީގައި މުސްލިމުން އަމަލުކުރަންވީ ގޮތްތަކާ ގުޅޭ ފަތުވާތައް ނެރޭ އެކަޑެމީއެކެވެ. 

އެ އެކަޑެމީގައި މީގެ ކުރިންވެސް ދިވެހި ބައެއް އިލްމުވެރިން ހިމެނިވަޑައިގެންފައިވެ އެވެ. އެގޮތުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އުއްތަމަފަނޑިޔާރު ފާޟީލަތުއް ޝައިހު މުހައްމަދު ރަޝީދު އިބްރާހީމްވަނީ އެ އެކަޑަމީގެ މެންބަރުކަން ކުރައްވާފަ އެވެ. 

ޑރ.ޝަހީމު އޯއައިސީގެ ފިގުހު އެކަޑެމީގެ މެންބަރުކަމަށް އައްޔަންކުރީ އެ އެކަޑެމީގެ އިދާރީ ބައްދަލުވުމެއްގައި މި މަހުގެ އަށްވަނަ ދުވަހު ނިންމައިގެންނެވެ. 

އޭގެ އިތުރަށް ފާއިތުވި އޭޕްރީލު މަހުގައި މުސްލިމު ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެންބަރުގެ މަގާމަށްވެސް ޑރ.ޝަހީމުވަނީ އައްޔަންކޮށްފަ އެވެ. 

މީގެ ކުރިން ޑރ.ޝަހީމުވަނީ އޯއައިސީގެ ބައެއް މަގާމުތައް އަދާކުރައްވާފަ އެވެ. އެގޮތުން އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި އެ ޖަމްއިއްޔާއިން ހިންގާ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އެންމެ އިސްވެރިޔާގެ މަގާމު ޝަހީމު އަދާކުރެއްވި އެވެ. 

ޝަހީމަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ލިސްޓުގައި މިހާތަނަށް ހިމެނިވަޑައިގެންނެވި ހަމައެކަނި ދިވެހި ޝަހުސިއްޔަތެވެ. ތަފާތު ދެ ފަހަރެއްގެ މަތިން އޭނާއަށް އެ ދަރަޖަ ލިބިވަޑައިގެންފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.