ރާއްޖޭގެ އިގުތިސާދީ ސްޓްރެޓެޖީ އޮތީ ޑިމޮކްރަސީއާއި ދެމެހެއްޓެނެވި ތަރައްގީއާ ލާމެހިފައި: އަބްދުއްރަހީމް

އެމަނިކުފާނު ފާހަގަކުރެއްވީ ބަވަނަވެފައިވާ އިގުތިސާދީ ތަރައްގީގައި ހުރިހާ ގައުމެއްގެ ޝާމިލުވުން ކަށަވަރުކުރުމަށް ސްޓްރެޓެޖީތައް އެކުލަވައިލާއިރު ކޮންމެ ގައުމެއްގެ ތަރައްގީގެ ދަތުރަކީ ހާއްސަ ތަފާތު ދަތުރެއްކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ޗައިނާގައި އޮތް ސެމިނާގައި މަޖިލީހުގެ ރަައީސް ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގެ އިގުތިސާދީ އިސްތިރާޖިއްޔާ ލާމެހިފައި ވަނީ ދިވެހި ދައުލަތުން ބަލައިގަނެފައިވާ ޑިމޮކްރެޓިކް އަގު ކުރުންތަކާއި ދެމެހެއްޓެނެވި ތަރައްގީގެ އުސޫލުތަކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ޗައިނާގެ ގާނޫނު ހަދާ މަޖިލީހާއި އިންޓަ-ޕާލިމަންޓަރީ ޔޫނިއަން ގުޅިގެން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބަރުލަމާނުތަކުން ދެމެހެއްޓެނެވި ތަރައްގީގެ އަމާޒުތައް ހާސިލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ބެއިޖިންގައި ކުރިއަށްގެންދާ ސެމިނާގައި އިނގިރޭސި ބަހުން ދެއްވި ތަގުރީރެއްގަ އެވެ. 

އެމަނިކުފާނު ފާހަގަކުރެއްވީ ބަވަނަވެފައިވާ އިގުތިސާދީ ތަރައްގީގައި ހުރިހާ ގައުމެއްގެ ޝާމިލުވުން ކަށަވަރުކުރުމަށް ސްޓްރެޓެޖީތައް އެކުލަވައިލާއިރު ކޮންމެ ގައުމެއްގެ ތަރައްގީގެ ދަތުރަކީ ހާއްސަ ތަފާތު ދަތުރެއްކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. 

އެގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ރާއްޖެއަށް ލިބިފައިވާ ތަރައްގީގެ ފުރުސަތުތައްވެސް އެހެން ގައުމުތަކާ ތަފާތުކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ތަރައްގީގެ ސްޓްރެޓެޖީ ގުޅިފައިވަނީ ރާއްޖޭގެ ޑިމޮކްރެޓިކް އަގުކުރުންތަކާއި ދެމެހެއްޓެނެވި ތަރައްގީއާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރިން ދައްކަވާފައިވާ ވާހަކަފުޅަކަށް ހަވާލާދެއްވައި ފާހަގަކުރެއްވި ރާއްޖެއިން ދެމެހެއްޓެނެވި ތަރައްގީއަށް ދޭ އަހަންމިއްޔަތު އެހެން ގައުމުތަކާ ގުޅިގެން ކުރާ މަސައްކަތްތަކުން، ހާއްސަކޮށް ޗައިނާއާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކުން ފެނިފައިވާ ކަމަށެވެ. 

އަދި ޗައިނާގައި އޮތް ޗައިނާ-ސައުތު އޭޝިޔާ އެކްސްޕޯގައި ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމު ބައިވެރިވެވަޑައިގެންނެވިކަމަށާއި، އެމަނިކުފާނު އެ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމުން އިގުތިސާދީ މުހިއްމު މަޝްވަރާތަކެއް ކުރިއަށް ގެންދެވިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ޝާމިލުވަނިވި އިގުތިސާދީ ބަވަަނަވުމަކަށްޓަކައި ގައުމަތައް ގުޅިގެން މަސައްކަތްކުރުމާއި، ދެމެހެއްޓެނެވި ތަރައްގީގެ މުހިއްމުކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ޗައިނާއާއި އެހެނިހެން ގައުމުތަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރަން ރާއްޖެއިން ބޭނުންވާ ކަމަށެވެ. 

ސެމިނާގައި ބައިވެރިވި ގައުމުތަކުގެ ވަފުދުތަކަށް ޗައިނާއިން އަދާކުރި މެހެމާންދާރީއަށް ޝުކުރު އަބްދުއްރަހީމް ޝުކުރު އަދާކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.