ރާއްޖެ ދެ މިލިއަނާ ގާތަށް | ޖުމްލަ އަދަދު 1.3 މިލިއަން

މިހާތަނަށް 1,304,236 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ދެ މިލިއަން ޓޫރިސްޓުން ހަމަކުރަން ރާއްޖެ އަށް ޖުމްލަ 695,764 ޓޫރިސްޓުން ބޭނުން ވާނެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގެ އެއާލައިންއެއް ފަށަން ބޭއްވި ރަސްމިއްޔާތު -- އެމްއޭސީއެލް

ދެ މިލިއަން ޓޫރިސްޓުން ހަމަވާން ރާއްޖެ ކުރަމުންދާ ދަތުރުގައި މި އަހަރުގެ މިހާތަނަށް އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު 1.3 މިލިއަން ފަހަނަ އަޅައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 1,304,236 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ދެ މިލިއަން ޓޫރިސްޓުން ހަމަކުރަން ރާއްޖެއަށް ޖުމްލަ 695,764 ޓޫރިސްޓުން ބޭނުންވާނެ އެވެ. މި އަދަދު ހަމަވާން ކުރިއަށް އޮތް ހަތަރު މަހާއި ބައިގެ ތެރޭގައި މަހެއްގެ މައްޗަށް އެވްރެޖުކޮށް 5،000 ޓޫރިސްޓުން ބޭނުންވާނެ އެވެ. 

މިހާރު ރާއްޖޭގެ ޑެއިލީ އެރައިވަލްސް ނުވަތަ ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ހުރީ 6،000 ގަ އެވެ. އެހެންވެ މި އަހަރުގެ ޓޫރިޒަމްގެ ޓާގެޓު ކަމަށްވާ ދެ މިލިއަން މާއަވަހަށް ހާސިލްވާނެ ކަމަށް ބެލެވެ އެވެ. އަދި މި އަހަރު 2.1 ނުވަތަ 2.2 މިލިއަން ޓޫރިސްޓުން ހަމަވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. 

ޓޫރިސްޓުން އައި ގައުމުތައް

  • ޗައިނާ - 184,632
  • ރަޝިއާ - 139,308
  • ޔޫކޭ - 112,656
  • އިޓަލީ - 95,982
  • ޖަރުމަނު - 91,868
  • އިންޑިއާ - 77,326
  • ޔޫއެސްއޭ - 44,673
  • ފްރާންސް - 38,185
  • ސްޕޭން - 26,261
  • ސްވިޒަލޭންޑް - 25,369

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ރާއްޖޭގެ އެއްވަނަ މާކެޓު ޗައިނާއިން 184,632 ޓޫރިސްޓުން ވަނީ ހަމަވެފަ އެވެ. އަދި ރަޝިއާއިން 139,308 ޓޫރިސްޓުން އައިސްފައިވެ އެވެ. މީގެ އިތުރުން ޔޫކޭއިން އައި ޓޫރިސްޓުންގެ އަދަދު ވެސް ހުރީ 112,656 ގަ އެވެ. އަދި މިދިޔަ އަހަރު އެއްވަނާގައި އޮތް އިންޑިއާ މާކެޓުން މި އަހަރު 77,326 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. 

މި އަހަރުގެ މިހާތަނަށް ބަލާއިރު ޓޫރިސްޓުން ރާއްޖޭގައި އެވްރެޖުކޮށް 7.7 ދުވަހު މިހާރު މަޑުކުރެ އެވެ. 

2024 ޓޫރިޒަމް - މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރު 1.6 މިލިއަން މީހުން ޒިޔާރަތް ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.