ގެވެށި އަނިޔާގެ ޝިކާރައަކަށްވި އަންހެނެއް؛ ވަރިވާން އެދި ކޯޓުގައި އާދޭސްކުރާތާ 7 މަސް!

އަނިޔާ ލިބެމުންދާތީ އެތައް ފަހަރަކު އޭނާގެ ގާތުން ވަރިވުމަށް އެދި އުކުޅަހު މެޖިސްޓްރޭޓު ކޯޓުގައި އެދޭތާ ހަތް މަސްވެފައިވާ ކަމަށެވެ.

އަންހެން މީހާ އާންމުކުރި ފޮޓޯތައް

ގެވެށި އަނިޔާގެ ޝިކާރައަކަށްވި އަންހެނަކު އޭނާގެ ފިރިމީހާގެ ގާތުން ވަރިވާން އެދިި ކޯޓަށް ދިޔުމުންވެސް އިންސާފު ނުލިބުނު ކަމަށް ބުނެ އަންހެނަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި އަންހެން މީހާ ބުނެފައިވަނީ، އޭނާގެ ފިރިމީހާގެ ފަރާތުން އަނިޔާ ލިބެމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. 

އަނިޔާ ލިބެމުންދާތީ އެތައް ފަހަރަކު އޭނާގެ ގާތުން ވަރިވުމަށް އެދި އއ. އުކުޅަހު މެޖިސްޓްރޭޓު ކޯޓުގައި އެދޭތާ ހަތް މަސްވެފައިވާ ކަމަށްވެސް އެ މީހާ ވަނީ ބުނެފައެވެ.

އެގޮތުން އެ ކޯޓުގެ ގާޒީ މި މައްސަލަ ނުބަލައި ދިގު ދަންމަމުންދާ ކަމަށްވެސް އެ އަންހެން މީހާ ވަނީ ތުހުމަތު ކޮށްފައެވެ. އަދި މިއަދާ ހަމަޔަށް ކުރިއަށް ގެންގޮސްފައި ވަނީ އެންމެ ދެ އަޑު އެހުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަންހެން މީހާ ބުނެފައިވަނީ އޭނާގެ ފިރިމީހާ އޭނާއަށް އަނިޔާކޮށްފައިހުއްޓާ ނަގާފައިވާ ފޮޓޯތަށް ޕެން ޑްރައިވަކަށް އަޅާ ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅި ކަމަށެވެ. އެކަމަކު އޭގައި ބަލާވަރުގެ އެއްޗެއް ނެތް ކަމަށް ގާޒީ ވިދާޅުވެފައިވާ ކަމަށްވެސް އަންހެން މީހާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ގާޒީ މަދު ފައިސާކޮޅަކަށް މި މައްސަލައިގެ އަޑުއެހުންތައް ކެންސަލްކޮށް، މައްސަލަ ދިގުދަަންމާ ކަމަށްވެސް އަަންހެން މީހާ ވަނީ ތުހުމަތު ކޮށްފަައެވެ. އަދި މި މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށާއި މިކަމުގައި އެއްވެސް ކުރިއެރުމެއް މިއަދާ ހަމަޔަށް ވެސް ނުލިބޭ ކަމަށް އެމީހާ ވަނީ ބުނެފައެވެ.

ފުލުހުންނާއި ކޯޓަށް މައްސަލަ ހުށަހެޅި ކަމުގެ ލިޔެކިޔުންތަކާއެކު ދައުރުވަމުންދާ މި ޕޯސްޓުގައި ބުނެފައިވަނީ އަންހެން މީހާ، މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ނަފުސާނީ ވެފައިވާ ކަމަށެވެ. މި ޕޯސްޓުގައި އަންހެން މީހާއަށް އަނިޔާކޮށްފައިވާ ފޮޓޯތައް ހާމަކޮށްފައިވާއިރު ލޯ މަތީގައި ޖަހައި ލޮލަށް ލޭއަރައި، ލޯ ކައިރި ރަތްވެ ދުޅަވެފައި ހުރި މަންޒަރު ފެނެއެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީއިން ވެސް އަދި ފުލުހުންވެސް އެއްވެސް އެއްޗެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް

2
450
ޢުސްތާޒް
2 weeks ago

އަނިޔާކުރި ވަގުތު ކީއްވެބާ ޕޮލިސް ޖެންޑާއަށް ރިޕޯޓް ނުކުރީ؟ އެހުރިހާ ތަނެއް އުފައްދާފައި ވަރުވަރުން މީހުންލާފައި ތިބެނީ އަނިޔާވާ މީހާ ޕެންޑްރައިވް ހޯދައިގެން އެ ކޯޓްއަށް ގެންދަންތޯ؟ ފިރިމީހާއަށް އަނިޔާކުރެވުނީމަތޯ ؟ 2 މީހުންވެސް ހަމަ ގޯސް. އެކަން ހިނގިކަން އިނގި ރިޕޯޓް ނުކުރާމީހުންވެސް ކުއްވެރި. ރައްޓެހިންނަށް އެވަގުތު ފޮޓޯ ފޮނުވުނުއިރު ޕޮލިސް ޖެންޑާއަށް ނުފޮނުވުނީ ކީއްވެބާ؟

ޢުސްތާޒް
2 weeks ago

އަނިޔާކުރި ވަގުތު ކީއްވެބާ ޕޮލިސް ޖެންޑާއަށް ރިޕޯޓް ނުކުރީ؟ އެހުރިހާ ތަނެއް އުފައްދާފައި ވަރުވަރުން މީހުންލާފައި ތިބެނީ އަނިޔާވާ މީހާ ޕެންޑްރައިވް ހޯދައިގެން އެ ކޯޓްއަށް ގެންދަންތޯ؟ ފިރިމީހާއަށް އަނިޔާކުރެވުނީމަތޯ ؟ 2 މީހުންވެސް ހަމަ ގޯސް. އެކަން ހިނގިކަން އިނގި ރިޕޯޓް ނުކުރާމީހުންވެސް ކުއްވެރި. ރައްޓެހިންނަށް އެވަގުތު ފޮޓޯ ފޮނުވުނުއިރު ޕޮލިސް ޖެންޑާއަށް ނުފޮނުވުނީ ކީއްވެބާ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.