މަރުކަޒަށް 40 އަހަރު؛ ރައީސްގެ އިރުޝާދާއެކު ހާއްސަ ހަފްލާއެއް

ވިދާޅުވީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ހާއްސަ ހަފްލާއެއް ބާއްވަން ރައީސް ޑރ މުއިއްޒު ވަނީ އިރުޝާދު ދެއްވާފައި ކަމަށެވެ.

އިސްލާމީ މަރުކަޒު: މި ރީތި ބިނާއަށް މި އަހަރު 40 އަހަރު ފުރޭނެ

މާލޭގެ އިސްލާމީ މަރުކަޒާއި ބޮޑުތަކުރުފާނަށް ނިސްބަތްވާ ބޮޑު ބިޔަ މިސްކިތް ހުޅުވިތާ 40 އަހަރު ފުރުން ފާހަގަ ކުރަން އިސްލާމިިކް މިނިސްޓްރީން ތައްޔާރުވާން ފަށައިފި އެވެ.

އިސްލާމީ މަރުކަޒާއި ބޮޑުތަކުރުފާނަށް ނިސްބަތްވާ ބޮޑު ބިޔަ މިސްކިތް އެއީ ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅު 1984 ވަނަ އަހަރު ހުޅުވި މިސްކިތެކެވެ. އިސްލާމީ ވަރަށް ގިނަ ގައުމުތަކުން އެހީ ހޯދައިގެން ބިނާކުރި އެ އިމާރާތަށް މި އަހަރު 40 އަހަރު ފުރޭނެ އެވެ.

އެކަން ފާހަގަ ކުރައްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ މި އަހަރު ނޮވެމްބަރު 11 އަށް އިސްލާމީ މަރުކަޒު ހުޅުވިތާ 40 އަހަރުވާނެ ކަމަށެވެ.

އަދި ވިދާޅުވީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ހާއްސަ ހަފްލާއެއް ބާއްވަން ރައީސް ޑރ މުއިއްޒު ވަނީ އިރުޝާދު ދެއްވާފައި ކަމަށެވެ.

އިސްލާމީ މަރުކަޒު - 4،500 މީހުންގެ ޖާގަ

  •  އިސްލާމީ ގިނަ ގައުމުތަކެއްގެ އެހީގެ ރަމްޒެއް
  •  އެންމެ ބޮޑު އެހީ ބުރުނާއީ ސައުދީގެ ރަސްގެފާނު
  •  މަސައްކަތް ފެށީ 11 ނޮވެމްބަރު 1982
  •  އިސްލާމީ ބިނާ ހުޅުވީ 11 ނޮވެމްބަރު 1984
  •  ރާއްޖޭގައި އޭރު ހެދި އެންމެ ފުރިހަމަ އުސް ބިނާ
  •  އިސްލާމިކް މިނިސްޓްރީ ހުންނަ އިމާރާތް

އިސްލާމީ މަރުކަޒުގެ ނަލަ / ރީތި ބިނާ އަކީ ރާއްޖޭގައި އިސްލާމީ ޝަހުސިއްޔަތާއި އިސްލާމީ ދަންމަރު އެންމެ ވަރުގަދައަށް ފާޅުކޮށްދޭ ރަމްޒުވެސް މެއެވެ.

މަރުކަޒު ބެލެހެއްޓުމަށް ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ވަރަށް ހާއްސަ ސަމާލު ކަމެއް ދިނެވެ. ނަތީޖާއެއްގެ ގޮތުން އެ މިސްކިތުގެ ރީތިކަން އެ ގޮތުގައި ދެމެހެއްޓުނެވެ. އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި މަރުކަޒު ބަލަހައްޓަމުން އައި ނަމަވެސް މީގެ އަހަރުތަކެއް ކުރީން އިސްލާމީ މަރުކަޒު ބެލެހެއްޓުން ކުޑަވެ މިސްކިތް ވަރަށް ބޮޑަށް ވީރާނާވި އެވެ.

ނަަމަވެސް ފަހުން އާބާތުރަފިލުވުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ވަޒީރު ކަމަށް ޑރ ޝަހީމް ވަޑައިގެން މިސްކިތްތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި އެންމެ ބޮޑު ދެ މިސްކިތް -- އިސްލާމީ މަރުކަޒާ ސަލްމާން މިސްކިތް ބެލެހެއްޓުން ވަނީ އިތުރުކޮށްފަ އެވެ. މަރުކަޒުގެ ފުރާޅުގެ ހުރިހާ ފަރާތެއްގެ ޓިނުތައް ހަލާކުވެފައިވާތީ ޓިނުތައް ބަދަލު ކުރުމުގެ މަަސައްކަތް މި އަހަރު ފެށި އެވެ.

ސަލްމާން މިސްކިތުގެ މެއިންޓަނެންސް މަސައްކަތް ނުހިނގާ ގިނަ ދުވަސްތަކެއް ވުމުން މިސްކިތުގެ އޭސީ ސިސްޓަމުން ބޮޑު ބައެއް ހަލާކުވެފައި ހުންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށް ބޭރުގެ ކޮންސަލްޓެންޓުންގެ އެހީގައި ސިސްޓަމުން ބައެއް މަރާމާތުކޮށް ނަމާދު ކުރަން ހާއްސަ ފަންގިފިލާތައް މިހާރު ވަނީ ފިނިކޮށްފައެވެ.

ކޮމެންޓް

1
450
މަރީ
2 months ago

ޝަހީމު ގާތްވެއްޖެ ތަނެއް ނުވާނެ ރަނގަޅެއް. އޭނަ ތި ގެންގުޅޭ އަހުސަނު އަކީ ބޮޑު — އް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.