އުތުރުގެ ތިން އަތޮޅަށް މޫސުން ވަރަށް ގޯސް، އޮރެންޖު ސަމާލު ނެރެފި

މިވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ފެންބޮޑުވާނެތީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މި ދުވަސްވަރަކީ އާދަޔާ ހިލާފަށް ވައި ގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަ ދުވަސްވަރެއް ކަމުން، ވިއްސާރަ ސަރަހައްދުތަކުގައި ކޮންމެހެން ކުރަން ޖެހޭ ކަނޑު ދަތުރެއް ނޫނީ ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރޭ -- ފޮޓޯ: މިރާ

ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅަށް މޫސުން ވަރަށް ގޯސް ވާނެ ކަމަށް ލަފާކޮށް މެޓުން މޫސުމީ އިންޒާރު ނެރެފި އެވެ.

މެޓުން ބުނީ އެންމެ އުތުރުގެ -- ހއ އާއި ހދ އަދި ށ އަތޮޅަށް މިރޭ މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެން ކަމުން އެ އަތޮޅުތަކަށް ވަނީ އޮރެންޖު ސަމާލު ނެރެފަ އެވެ. ސަމާލު ނެެރެފައި ވަނީ މިރޭ 10:30 ގެ ނިޔަލަށެވެ.

މިވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ފެންބޮޑުވާނެތީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ރާއްޖޭގެ މޫސުން މިދިޔަ މަހުން ފެށިގެން ވަރަށް ގޯހެވެ. މާލެ ސަރަހައްދަށް މިއަދު ވެސް ވަރަށް ގިނައިން ވާރޭވެހުނެވެ. މިދިޔަ ހަފްތާގައި ކުރި ވިއްސާރާގައި މާލޭގެ ސާޅީސް އެތައް ގެއަކަށް ގެއްލުންވި އެވެ. ގެއްލުމުގެ އަގު އަށް ލައްކަ ރުފިޔާއަށް ވުރެ ބޮޑެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.