މި ހުކުރު؛ މަރުކަޒުގައި ޕްރޮފެސަރު ހަމްދާން، ރަޝީދު މިސްކިތުގައި އުސްތާޛު މަޖުދީ

ހުތުބާ ދެއްވާނީ އަރަބި ބަހުން ކަމަށް ވެެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުތުބާގެ ލައިވް ދިވެހި ތަރުޖަމާ ޓީވީތަކުން ގެނެވޭނެ ކަމަށެވެ.

ޕްރޮފެސަރު ހަމްދާން (ކ) އުސްތާޛު މާޖިދު (ވ)

އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުކުރައްވާނީ މައްކާގެ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރު ޑރ. ހަމްދާން އައްސުލަމީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުކުރައްވާނީ މައްކާގެ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރު ޑރ. ހަމްދާން އައްސުލަމީ އެވެ.

ހުތުބާ ދެއްވާނީ އަރަބި ބަހުން ކަމަށް ވެެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުތުބާގެ ލައިވް ދިވެހި ތަރުޖަމާ ޓީވީތަކުން ގެނެވޭނެ ކަމަށެވެ.

އިސްލާމީ މަރުކަޒުގައި އެންމެ ފުރަތަމަ އަރަބި ބަހުން ހުތުބާއެއް ދެއްވާފައިވަނީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގަ މިސްރުގެ ޝައިޚުލްއަޒްހަރު ޝައިޚު ޖާދަލްހައްގު އަލީ ޖާދަލްހައްގެވެ. 

މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހް ސުބައްޔިލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިއަހަރު ނޮވެމްބަރު 11 އަށް އިސްލާމީ މަރުކަޒު ހުޅުވިތާ 40 އަހަރުވާނެ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އޮސްޓްރޭލިއާ ނޭވީގެ އިމާމް އުސްތާޛު މަޖްދީ އީސާ ކަމަަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ހުތުބާ ދެެއްވާނީ އިނގިރޭސި ބަހުން ކަމަށާ އެބޭފުޅާއަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީ އިން ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.