އޭސީސީން ބުނީ ޑރ. އަލީ ލަތީފް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށެވެ.
ކޮވިޑް-19 ގެ ދުވަސްވަރުގައި އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ކަން ކުރެއްވި މ. ގައްދަނޑުގެ ޑރ. އަލީ އަބްދުﷲ ލަތީފްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ އޭނާއާ ގުޅޭ ސީރިއަސް މައްސަލަތަކެއްގެ ތަހުގީގު ހިންގައިދޭން އޭސީސީން ކަމާގުޅޭ އިދާރާތަކު ގައި އެދިއްޖެ އެވެ.
އޭސީސީން މިއަދު ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްްގައި ބޭނުންކުރި "ރީއެޖެންޓްސް" އާ ގުޅޭ ހިޔާނާތުގެ މައްސަލަ ބަލާ ޑރ. އަލީ ލަތީފާއި އައިޖީއެމްއެޗްގެ އޭރުގެ ސީއީއޯ އަހުމަދު ސަލީމް (ކުޑަަބަންދޭ)ގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
އެ ކޮމިޝަނުން ވަނީ އަލީ ލަތީފާ ގުޅޭ ވަރަށް ސީރިއަސް މައްސަލަތަކެއް ފާހަގަ ކުރައްވާފަ އެވެ.
އޭސީސީން ބުނީ މި މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން ޑރ. އަލީ ލަތީފް އަދި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސަސް އިން މަނީލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ވަކި މައްސަލައެއްގެ ގޮތުގައި ޑރ. އަލީ ލަތީފްގެ މައްސަލައާ އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީލޯންޑަރިންގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާ އަށް ފޮނުވާފައިވާ ކަމަށެވެ.
އޭސީސީން ބުނީ ޑރ. އަލީ ލަތީފް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ އެ މައްސަލަ ތަހްގީގު ކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ވެސް ފޮނުވާފައިވާ ކަމަށެވ ެ.
އޭގެ އިތުރުން މި މައްސަލައި ގައި، ޑރ. އަލީ ލަތީފާއި ޑރ.މިލްޒާ އަބްދުލްމުހްސިނާއި ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލު ކަމަށް ގެނެސް އަދި އެ ދެ ފަރާތާއިމެދު ފިޔަވަޅެއް އަޅުއްވަން ޖެހޭކަމުގައި ވާނަމަ އެ ފިޔަވަޅެއް އެޅުއްވުމަށްފަ ހު، އެކަން ކޮމިޝަނަށް ހިއްސާކުރެއްވުމަށް ވެސް ވަނީ އަންގާފައި ކަމަށެވެ.