ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާ ކުރަން އެދިއްޖެ

އެ ތިން މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ހުށަހެޅީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގަ އެވެ.

ޑރ. އަލީ ލަތީފާއި އައިޖީއެމްއެޗްގެ އޭރުގެ ސީއީއޯ އަހުމަދު ސަލީމް (ކުޑަަބަންދޭ): އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކޮށް ދޭން ވަނީ އެދިފައި

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްްގައި ބޭނުންކުރި "ރީއެޖެންޓްސް" އާ ގުޅޭ ހިޔާނާތުގެ މައްސަލަ ބަލާ ޑރ. އަލީ ލަތީފާއި އައިޖީއެމްއެޗްގެ އޭރުގެ ސީއީއޯ އަހުމަދު ސަލީމް (ކުޑަަބަންދޭ)ގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

މީގެ އިތުރުން އައިޖީއެމްއެޗްގެ އިތުރު ވެރިއެއްގެ މައްޗަށް ވެސް ދައުވާ ކޮށް ދިނުމަށް އެދިފައިވެ އެވެ.

އޭސީސީން ބުނީ މި ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްްގައި ބޭނުންކުރި "ރީއެޖެންޓްސް" އާ ގުޅޭ ހިޔާނާތުގެ މައްސަލަ ބަލާ، ކޮވިޑް-19 ގެ ދުވަސްވަރުގައި އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ކަން ކުރެއްވި މ. ގައްދަނޑުގެ ޑރ. އަލީ އަބްދުﷲ ލަތީފާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ، މއ.ބަންދުގެ އިބްރާހީމް ސަލީމާއި އައިޖީއެމްއެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް، ގދ. ތިނަދޫ ގަހާކޯޅި، ޑރ. މިލްޒާ އަބްދުލްމުހްސިންގެ މައްޗަށް ދައުވާ ކުރުމަށް ހުށައަޅާފައިވާ ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ހުށަހެޅީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގަ އެވެ.

އަދި މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން ޑރ. އަލީ ލަތީފް އަދި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސަސް އިން މަނީލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ވަކި މައްސަލައެއްގެ ގޮތުގައި ޑރ. އަލީ ލަތީފްގެ މައްސަލައާ އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީލޯންޑަރިންގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާ އަށް ފޮނުވާފައިވާ ކަމަށެވެ.

އޭސީސީން ބުނީ ޑރ. އަލީ ލަތީފް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ އެ މައްސަލަ ތަހްގީގު ކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ވެސް ފޮނުވާފައިވާ ކަމަށެވ ެ.

އޭގެ އިތުރުން މި މައްސަލައި ގައި، ޑރ. އަލީ ލަތީފާއި ޑރ.މިލްޒާ އަބްދުލްމުހްސިނާއި ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލު ކަމަށް ގެނެސް އަދި އެ ދެ ފަރާތާއިމެދު ފިޔަވަޅެއް އަޅުއްވަން ޖެހޭކަމުގައި ވާނަމަ އެ ފިޔަވަޅެއް އެޅުއްވުމަށްފަ ހު، އެކަން ކޮމިޝަނަށް ހިއްސާކުރެއްވުމަށް ވެސް ވަނީ އަންގާފައި ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.