"ސާޔާ" ގެ ވާދާއީ ތިން ޝޯ، ޓިކެޓް ވިއްކަން ފަށައިފި

ވަދާއީ ތިން ޝޯ އޮންނާނީ މި މަހުގެ 22، 23 އަދި 24 ވަނަ ދުވަހުގެ ރެ އެވެ. މިއީ "ސާޔާ" އޮލިމްޕަހުން ބަލާލަން ލިބޭނެ ފަހު ފުރުސަތެވެ.

ޝައި ޕްރޮޑަކްޝަންގެ އާ ފިލްމު "ސާޔާ"

މިހާރު އޮލިމްޕަހުގައި ދައްކަމުންދާ ފިލްމު ޕްރޮޑިއުސަރު، އިސްމާއީލް ޝަފީގުގެ "ސާޔާ" ގެ ވަދާއީ ޝޯ ތަކުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން "ސާޔާ" ގެ ޝޯތައް ދަނީ އޮލިމްޕަހުގައި ދައްކަމުންނެވެ. ޕްރޮޑަކްޝަން ޓީމުން ބުނި ގޮތުގައި ފިލްމުގެ ވަދާއީ ތިން ޝޯ ގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފަ އެވެ.

ވަދާއީ ތިން ޝޯ އޮންނާނީ މި މަހުގެ 22، 23 އަދި 24 ވަނަ ދުވަހުގެ ރެ އެވެ. މިއީ "ސާޔާ" އޮލިމްޕަހުން ބަލާލަން ލިބޭނެ ފަހު ފުރުސަތެވެ.

ވަރަށް ރީތި ފިލްމެއްް

"ސާޔާ" އަކީ ވަރަށް ގިނަ ހާދިސާތަކެއްގެ މައްޗަށް އެކުލެވޭ ތަފާތު ގިނަ އިހުސާސްތައް އެކުލެވޭ މޮޅު ފިލްމެކެވެ. ލޯބްތާއި ރުޅިވެރިކަމާއި ނަފްރަތާއި ބިރުވެރިކަމާއި ނަމާންކަމާއި ހިތާމައާ ހިތްދަތިކަމުގެ އިހުސާސު ކުރެވޭނެ އެވެ.

"ސާޔާ" ގެ އެންމެ އެންމެ ފާހަގަކޮށްލެވެނީ ރީތި / ހިތްގައިމު މަންޒަރުތަކެވެ. އަސްލެކޭ ހީވާހާ ފުރިހަމަަ އެވެ. މުޅި ފިލްމު ޝޫޓްކޮށްފައި ވަނީ އައުޓް ޑޯ ގަ އެވެ. ހާއްސަކޮށް ވަލުތެރޭގަ އެވެ. ބޯ ގަސްތަކުގެ ތެރޭގައި ގިނަ މަންޒަރުތައް ނަގާފައި ވަނީ ވެސް ރޭގަނޑުގެ ކަނު އަނދިރީގެ ތެރޭގަ އެވެ. ނަމަވެސް ކޮންމެ މަންޒަރެއް ގެނެސްދީފައި ވަނީ ވަރަށް ފުރިހަމަ އަށެވެ.

އެކްޓަރުންގެ މޮޅު އެކްޓިންއާ ސްކްރީންޕްލޭގެ ފުރިހަމަ ކަމާއި ތަފާތު ބެކްމިއުޒިކުން ފިލްމަށް ގެނެސްދީފައި ވަނީ ބޮޑު ފުރިހަމަ ކަމެކެވެ. މިއީ ބަލާލަން ވަރަށް ރީތި ފިލްމަކަށް ވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.