ހުނީގެ ބަދަލުގައި ވޯލް ޕުޓީ ދޭ މައްސަލައެއް!

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިގެން ކުރިއަށްދާއިރު، މުޑުދާރު ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންދާ މައްސަލަތަަކެއް ވަނީ ފެންމަތިވެފައެވެ.

ކޯނިސް ޕައުޑަރ - ފޮޓޯ: ގޫގުލް

ދުފުމަށް ބޭނުންކުރާ ހުނީގެ ބަދަލުގައި ކޯނިސް ޕައުޑަރ (ޕުޓީ) ދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވަނީ ބިދޭސީން ހިންގާ، ކެފޭ، ޓޭކްއަވޭތަންތަން އަދި ރެސްޓޯރަންޓުފަދަ ތަންތަނުގައި ދުފުމަށް ބޭނުންކުރާ ބިލެއް ހުނީގެ ބަދަލުގައި ކޯނިސް ޕައުޑަރު ނުވަތަ ސީލިންކުރާއިރު ބޭނުންކުރާ ޕުޓީ ދެމުންދާ ކަމަށެވެ.

މިކަމުގެ ސަބަބުން މި ބޭނުންކުރި މީހުން ފިޓުޖެހި، އޮއް ދާހިތްލާ، ހިތުގެ ވިންދު އަވަސްވުންފަދަ ސިއްހީ މައްސަލަތައް ދމާވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ މީހާ ބުނެފައިވަނީ ފާއިތުވި ދެ އަހަރު ދުވަސްތެރޭ ކަމާބެހޭ އިދާރާތަކަށް އެކި ފަހަރު މަތިން ރިޕޯޓު ކުރިނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.


މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "މިރާ"އަށް ވިދާޅުވީ މި ރިޕޯޓާ ގުޅިގެން މައްސަލަ ތަހުލީލު މަރުހަލާ ކުރިއަށްދާ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިގެން ކުރިއަށްދާއިރު، މުޑުދާރު ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންދާ މައްސަލަތަަކެއް ވަނީ ފެންމަތިވެފައެވެ. އޭގެ އިތުރުން ބުޅާ މަހުގައި ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތުވާ ބިދޭސީއަކުވެސް މިއަދު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.